ޝާހިދުގެ ތައުރީފް މައުމޫން، ނަޝީދު، ޤާސިމް އަދި އިމްރާނަށް!

އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތުގެ ފަހަތުގައި ތިއްބެވި ލީޑަރުންނަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ތައުރީފް ކުރައްވައިފިއެވެ.
"ހިތްވަރު ގަދަ ލީޑަރު ރައީސް ނަޝީދުގެ މަސައްކަތުން މިއަދު މިހިސާބަށް އާދެވުނީ. ރައީސް މައުމޫންގެ ހިކުމަތްތެރިކަމާ ރައްޔިތުނަށް ހުރި ލޯތްބެއްގެ ސަބަބުން މިހިސާބަށް އާދެވުނީ. އަދި ގާސިމް ރައްޔިތުންނަށް ހުރި ލޯތްބާ، ޝެއިހު އިމްރާނުގެ ހިތްވަރުގެ ސަބަބުން މިހިސާބަށް އާދެވުނީ. "، ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާގައި ވާހަކަ ދައްކަމުން ޝާހިދު ވިދާޅުވިއެވެ.
ހިތްވަރު ގަދަ ލީޑަރު ރައީސް ނަޝީދުގެ މަސައްކަތުން މިއަދު މިހިސާބަށް އާދެވުނީ އެވެ. ރައީސް މައުމޫންގެ ހިކުމަތްތެރިކަމާ ރައްޔިތުނަށް ހުރި ލޯތްބެއްގެ ސަބަބުން މިހިސާބަށް އާދެވުނީ އެވެ. އަދި ގާސިމް ރައްޔިތުންނަށް ހުރި ލޯތްބާ، ޝެއިހު އިމްރާނުގެ ހިތްވަރުގެ ސަބަބުން މިހިސާބަށް އާދެވުނީ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުތަށް ނެތިކޮށްލާ،ހަމައެކަނި ތައްގަނޑު ޖެހުމަށް އޮތް މަޖިލީހެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
" ރައީސް ޔާމީން މަޖިލީހުގެ މެންބަރު ކަމަށް ތިން ފަހަރުގެ ތެރެއިން ދެ ފަހަރު އިންތިހާބުވީ ވޯޓެއް ނެތި. އެހެން ކަމުން ވޯޓަކީ އެމަނިކުފާނަށް ވަރަށް ބީރައްޓެހި އެއްޗެއް." މިއަދު މަޖިލީހުގައި ހިނގި ކަންތައްތަކަށް އިޝާރަތްކުރައްވައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ޕީޕީއެމް އަކީ 61 މެންބަރުންގެ މެޖޯރިޓީއެއް އޮތް ޕާޓީއަކަށް ވެފައި ގަދަބާރުން ކަރުދާސް އުފުލައިގެން އެޕާޓީއަށް 48 ވޯޓު ލިބުމަކީ، އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ