ޖާބިރުގެ މައްޗައް ކުރި ހުކުމް ސުޕްރީމް ކޯޓަށް އިސްތިއުނާފްކޮށްފި

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ ގޮނޑި ފުރުއްވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައިއިސްތިއުނާފްކޮށްފިއެވެ.
ޖާބިރު ޖަލަށްލުމަށް މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ ކުޑަކަމުދާތަކެތީގެ ސާމްޕަލް ނުދިން މައްސަލައިގައެވެ. މި މައްސަލަ ޖާބިރުގެ ފަރާތުން ހައި ކޯޓުގައިވެސް އިސްތިއުނާފްކޮށްފައިވެއެވެ. ނަމަވެސް ހައި ކޯޓުން ވެސް މިދިޔަ މާޗް މަހު ހުކުމް ކުރީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށެވެ.
ޖާބިރުގެ ފަރާތުން ހުށަހެޅި އެ މައްސަލަ މިހާރު ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަަމަވެސް އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅި ތާރީހު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
ޖާބިރުގެ މައްޗަށް ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ 2012 ވަނަ އަހަރުގެ ނޮވެންބަރު މަހު އޭނާ އާއި އިތުރު ބަޔަކު ހދ. ހޮނޑައިދޫގައި މަސްތުވާތަކެތި ބޭނުންކުރަންތިބި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ކުޑަކަމުދާތަކެތި ދޭން އެންގުމުންނުދިން މައްސަލައިގައެވެ.
އެ މައްސަލާގައި ޖާބިރާއި އެއްކޮށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރާއި ރައީސް ނަޝީދުގެ ސަރުކާރުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެއިތުރުން އިތުރު ބަޔަކު ހައްޔަރުކުރިއެވެ. އެހެން ނަމަވެސް އެ ބޭފުޅުން މައްސަލަތައް އަދި ނިމިފައެއް ނުވެއެވެ.
މީގެ އިތުރުން ޖާބިރުގެ މައްއަޗައް ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ވެސް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. ނަމަވސް އެ މައްސަލަ އަދި އޮތި ޝަރުއީ މަރުހަލާގައެވެ
މީގެ އިތުރުން ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސުން ހިންގާ ހއ. އަލިދޫ ރިސޯޓްގެ މެނޭޖަރުޖާދުﷲ ޖަމީލް ވެސް އެ ރަށުން ހައްޔަރު ކުރުމުން ކުޑަކަމުދާތަކެތި ނުދިންމައްސަލައިގައި އޭނާ ވެސް އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މީގެ ދުވަސްކޮޅެއް ކުރިން ހުކުމްކޮށްފައިވެއެވެ.
ޖާބިރު ޖަލަށްލުމަށް ހުކުމްކުރި ފަހުން ކަރެކްޝަނަލް ސާވިސްގެ ހުއްދައާއެކު އޭނާ ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ބޭސް ފަރުވާ އަށް ކަމަށް ބުނެ މެލޭޝިއާއަށް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ