ހަވީރު ސްޕޯޓްސް އެވޯޑްސްގައި ޕޮލިސް ކުލަބްގެ 04 ވޮލީީ ކުޅުންތެރިން ހިމެނިއްޖެ

ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުޅުންތެރިންނާ ކުޅިވަރު ތަރައްޤީ ކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގައި ދޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ކަމުގައިވާ ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހިމެނޭ، މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ މަގާމަށް ވާދަކުރާ ކުޅުންތެރިން ތެރޭގައި ޕޮލިސް ކުލަބްގެ 04 ކުޅުންތެރިޔަކު ހިމެނިއްޖެއެވެ.
ހަވީރު ސްޕޯޓްސް އެވޯޑްސްގެ މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ޕޮލިސް ކުލަބުގެ ކުޅުންތެރިންގެ ގޮތުގައި ވާދަކުރަނީ އަލީ ހުޒާމް އާއި ޢިޝާން މުހައްމަދުއެވެ. އަދި މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު އަންހެންް ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ޕޮލިސް ކުލަބުން ވާދަކުރަނީ ޢާއިޝަތު ޝައްފަ އާއި ހާއްވާ ރާޝިދާއެވެ.
އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 25،000ރ. ހުށަހަޅައިފައިވެ އެވެ. އަދި ވޮލީބޯޅަ މަގާމަށް ވާދަކުރާ ދެވަނަ ކުޅުންތެރިއާ އާއި ތިން ވަނަ ކުޅުންތެރިއާ ވެސް ހޮވާނެ އެވެ. އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމަށް ހަވީރު ޓްރޮފީއާ އެކު 15،000ރ. ހުށަހަޅައިފައިވާއިރު މި މަގާމަށް ވާދަކުރާ ދެވަނަ ކުޅުންތެރިއާ އާއި ތިން ވަނަ ކުޅުންތެރިއާ އަށްވެސް އިނާމު ދޭނެއެވެ.
ވޭތުވެ ދިޔަ އަހަރު ޕޮލިސް ކުލަބުން ހޯދާފައިވާ ކާމިޔާބީތަކުގައި މި 04 ކުޅުންތެރިންގެ ހިއްސާ ވަރަށްބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ