ސްޓެލްކޯގެ މައި ޖަނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން މާލޭގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިއްޖެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޮޑު އިންޖީނަށް ދިމާވި ޓެކްނިކްލް މައްސަލައެއްގެ ސަަބަބުން މާލޭގެ ބައެއް ސަރަހައްދުންތަކުން ކަރަންޓް ކެނޑިފައިވާ ކަމަށާއި މައްސަލަ ހައްލު ކޮށް ވީއެންމެ އަވަހަކަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސްޓެލްކޯގެ މައި ޖެނަރޭޓަރަށް ދިމާވި މައްސަލައާ ގުޅިގެން މާފަންނު މަންޗަންގޯޅި އަދި ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓް ކެނޑިފައެވެ.
މިފަހަކަށް އައިސް ވަަރަށް ގިނައިން ސްޓެލްކޯގެ އިންޖީނުތަކަށް އެކި މައްސަލަތައް ދިމާވެ މާލެ އިން ކަރަންޓް ކެނޑުން ވަނީ އާންމުވެފައެވެ. އަދި އެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ސްޓެލްކޯގެ މައި ޖަނަރޭޓަރަށް މައްސަލަތަކެއް ދިމާވެ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ