ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަހުމަދު ރަޝީދު ސަސްޕެންޝަން އުވާލީ އޭނާއާ މެދު ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތު ނުވުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ރަޝީދު އާދީއްތަ ދުވަހުން ފަށައިގެން ކޯޓުގައި މައްސަލަ ބައްލަވަން ފައްޓަވާނެއެވެ.
އަހްމަދު ރަޝީދު މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައިވާއިވާއިރު އޭނަ ސަސްޕެންޑް ކުރި މައްސަލަ ޖޭއެސްސީ އާންމުކޮށްފައިނުވެއެވެ.
އަހުމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ގާޒީ އަހްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ