މޫސުން ގޯސްވެ އެންމެ އުތުރުގެ 4 އަތޮޅަށް ވައިޓް އެލަޓް ނެރެފި

ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ ވައިޓް އެލަޓް ނެރެފިއެވެ.
އެގޮތުން، ވައިޓް އެލަޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ނ އަތޮޅާ ހަމައަށެވެ.
އެ ހަތަރު އަތޮޅަށް މެންދުރު 12:00 އާ ހަމައަށް އޮތީ ޔެލޯ އެލަޓްވެސް ނެރެފައެވެ. އެގޮތުން، އެ ގަޑިތަކުގައި އެ ހަތަރު އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައި ވެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، އެ ހަތަރު އަތޮޅަށް މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 5:00 އާ ދެމެދުވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭ ކަމަށެވެ.
މޫސުން ގޯސްވެ އުތުރުގެ ބައެއް ރަށްރަށަށް ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ގެތަކަށް ފެންވަނުމުގެ ސަބަބުންނާއި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ނޮދަން އޭރިޔާއިން އެހީތެރިކަން ފޯރުކޮށްދެމުން އެބަގެންދެއެވެ.
އެގޮތުން، ވާރޭ ވެހުމުގެ ސަބަބުން ހދ. ކުރިނބީއާއި، ހދ. ކުޅުދުއްފުށީގެ އިތުރުން، ހދ. ނޮޅިވަރަންފަރުގެ ބައެއް ގެތަކަށް ފެން ވަނުމާއި، މަގުތަކުގައި ފެންބޮ ފެން ވަނުމުގެ ސަބަބުން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ