އެމްއެމްޕީއާރްސީ މައްސަލާގައި ޣައްސާން މައުމޫން ފުލުހަށް ހާޒިރުކޮށްފި

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ގުރައިދޫ ދާއިރާގެ މިހާރުގެ މެންބަރު ޣައްސާން މައުމޫން ފުލުހަށް ހާޒިރުކޮށްފިއެވެ. އޭނާ ފުލުހުންގެ އިދާރާ އަށް މިރޭ ހާޒިރުކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެންނެވެ.
ޣައްސާން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ މިރޭ 21:30 ގައެވެ. އަދިވެސް އޭނާ ހުންނެވީ ފުލުހުންގެ އިދާރާގައެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގު ރިޕޯޓުގައި އެމްއެމްޕީއާރްސީ ފައިސާ ޖަމާވި މީހުންގެ ލިސްޓުގައި ޣައްސާންގެ ނަން ހިމެނެ އެވެ. އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅޭ ގޮތުން އަލްޖަޒީރާ އިން ހެދި "ސްޓީލިން ޕެރެޑައިސް" ގައި ވެސް އޭނާއަށް ތުހުމަތުތަކެއް ކޮށްފައިވެ އެވެ.
ނަމަވެސް ޣައްސާން ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މީގެ ކުރިން ދޮގު ކުރައްވާފައެވެ.
ޚިޔާނާތުން މަންފާ ލިބުނު ލިސްޓުގައި 267 މީހަކު ހިމެނެއެވެ. އޭގެ ތެރޭގައި ކުރީ ސަރުކާރުގެ އިސް ބޭފުޅުންނާއި ކުރީގެ މަޖިލިސް މެންބަރުންނާއި މިހާރުގެ މަޖިލިސް މެންބަރުންނާއި މިހާރުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ