މޫސުން ގޯސް، ށ އަތޮޅަށާއި ކ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ށ އަތޮޅާއި ކ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ(މީޓިއޮރޮލޮޖީން)އިން ވަނީ އެ ސަރަހައްދަށް، މިއަދު ހެނދުނު 9:50 އިން ހަވީރު 16:00 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ. މީޓިއޮރޮލޮޖީން ބުނީ އެ ސަރަހައްދަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
އޭގެ އިތުުރުން މީޓިއޮރޮލޮޖީން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނޭކަމަށްވެސް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުންް، އެހެން ހިސާބުތަަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަޑުގައި ގަޑިއަކު 40 މޭލާ 45 މޭލު ދެމެދުގެ ބާރު މިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
އޭގެ އިތުރުން ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ގަޑިން 13:20 ދިޔަވަރުބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މެދުތެރެ އަށް 14:17 އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިން 14:57 ގައި ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ