ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން މައުމޫން ރިފޯމް މޫވްމެންޓުގެ ނަމުގައި ހަރަކާތްތެރިވާން ފަށައިފި

ރިޔާސީ އިންތިހާބަށް ކުރަމުންދާ ކެމްޕޭންގައި ގުޅިފައިވާ އިއްތިހާދުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއިދު ކުރާ ފަރާތްތަކުން "މައުމޫން ރިފޯމް މޫވްމެންޓު"ގެ ނަމުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
އެގޮތުން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅުމަށް ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތުގައި ރައީސް މައުމޫންގެ ޓީމުން ވަނީ އެ ހަރަކާތް ރަމްޒުކޮށްދޭ ދިދަ ބޭނުންކޮށްފައެވެ. އެމްއާރުއެމް ޖަހާފައިވާ މިދިދައަކީ އަސުރުމާ ކުލައިގެ ދިދައެކެވެ.
ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތަކުގައި ރައީސް މައުމޫން ތަމްސީލުކުރާ މީހުން ބޭނުންކުރާނީ މިދިދަ ކަމަށެވެ. އަދި މައުމޫން ރިފޯމް މޫވްމަންޓްއަކީ ސިޔާސީ ޕާޓީއެއް ނޫންކަމަށާއި، ރައީސް މައުމޫން އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދާދި އަވަހަކަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ކޯޓަށް ނުފޫޒު ފޯރުވައިގެން ޕީޕީއެމް ރައީސް ޔާމީނާއި ހަވާލުކޮށްފައިވީ ނަމަވެސް ވަރަށް އަވަހަށް ޕީޕީއެމްގެ ހިންގުން ރައީސް މައުމޫނަށް ލިބޭނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. 
.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ