އެމްޑީޕީ އިންތިހާބު: ވޯޓު ގުނަމުން ދަނިކޮށް ހަރުގެއިން ކަރަންޓް ކަނޑައިގެން ހިނގައްޖެ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް ކުއްލިއަކަށް އެ ޕާޓީގެ މައި ހަރުގެއިން ކަރަންޓު ކަނޑައިގެން ހިނގައްޖެ އެވެ.
އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ބައެއް އެހެންނިހެން އިސް މަގާމުތަކަށް މީހުން ހޮވުމަށް ބޭއްވި އިންތިހާބުގެ ވޯޓު ހަރުގޭގައި ގުނަމުން ދަނިކޮށް ހަރުގޭގައި ކުއްލިއަކަށް ކަރަންޓު ކަނޑައިގެން ދިޔައީ "ކަރަންޓު ޝޯޓެއް" ވެގެން ކަމަށް އެމްޑީޕީން ބުންޏެވެ.
ހަރުގެއިން ކަރަންޓު ކެނޑުނު ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ހަރުގެއަށް ވަނީ ކަރަންޓު ލިބިފަ އެވެ. ކަރަންޓު ކަނޑައިގެން ދިޔައިރު ހަރުގޭގައި ބައެއް ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ތިއްބަ އެވެ.
އެމްޑީޕީގެ އިންތިހާބުގެ ވޯޓުލުން ކަލާފާނު ސްކޫލާއި ހަރުގޭގައި ކުރިއަށް ދިޔައިރު މިއަދު ހަވީރު އެ ދެ ތަން ވެސް ހޫނުވެ ބައެއް މީހުން އަޑުގަދަކޮށްފައިވެ އެވެ. މައްސަލަ ޖެހެން ދިމާވީ ގިނަ އަދަދެއްގެ މީހުންނަށް ވޯޓުލެވޭ ގޮތް ނުވުމުންނެވެ. އޭގެ ތެރޭގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގް މުފީދަށް ވެސް ހިމެނެ އެވެ. އޭނާ ކަލާފާނުން ވަޑައިގެންނެވީ ވޯޓުލުމަށްޓަކައި ވަރަށް މަސައްކަތް ކުރުމަށް ފަހު ވެސް ވޯޓު ނުލެވިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ