އަންހެނުންނަށް ފާޑުކިޔުމުން ހޫނު ފެނަށް ވެއްޓުމާއެކު އުމަރު ޓްވީޓް ޑިލީޓް ކޮށްފި

ރަނގަޅު މީހުން ނުބައިވެ މަގުއޮޅިގެންދާ އެއް ސަބަބަކަށް އަންހެނުން ހިމެނޭ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޓްވީޓެއް ކުރެއްވުމާ އެކު އެތައް ބައެއްގެ ފާޑު ކިޔުންވަނީ އަމާޒުވެފައެވެ.
މިދަނޑިވަޅުގައި އުމަރު ވަނީ އޭނާގެ ޓްވީޓް ޑިލީޓްކޯށްފައެވެ.
ހޯމަ ދުވަހު އުމަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރަލާއި، އަންހެނުން އަދި މުއްސަދިކަމަކީ ރަނގަޅު މީހުން ނުބައި ކުރާ ތިން ސަބަބު ކަމަށެވެ. އަދި އެަ ކަމަށް މިސާލުދައްކަވަމުން އުމަރު ވިދާޅުވެފައިވަނީ ރަލުގެ ސަބަބުން ރާއްޖޭގައި ވެރިކަން ކުރި އެއް ރައީސްއަކު އަމިއްލަފުޅަށް އިސްތިއުފާދެއްވާފައިވާ ކަމަށާއި މުއްސަދިކަން ހޯދުމަށް އެއް ރައީސްއަކު ސިޔާސީ ގޮތުން ކަނުބޭފުޅަކަށް ވެވަޑައިގެންފައިވާ ކަމަށެވެ.
އުމަރު ކުރެއްވި ޓްވީޓްގެ ސަބަބުން ސޯޝަލް މީޑިއާގައި އެތައްބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވުމުގެ ގޮތުން އުމަރު ކުރެއްވި ޓްވީޓްތައް އަމިއްލަ އަތަށް ގޮވާފައިވާ ކަމަށް ބުނެ އެތައް ބަޔަކު ފާޑު ކިޔަމުން ދަނިކޮށް އުމަރު ވަނީ އެ ޓްވީތްތައް ޑިލީޓް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ