ޕެންޝަން އޮފީސް އުމަރު ޝޮޕިން އާކޭޑަށް ބަދަލުކޮށްފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ޗާންދަނީ މަގުގައި އަލުން ހަދާފައިވާ އުމަރު ޝޮޕިން އާކޭޑް ބިލްޑިންއަށް ބަދަލުކޮށްފިއެވެ.
ކުރިން  އަމީނީ މަގުގައި ހުރި ފިނޭންސް މިނިސްޓްރީގެ ބާ އިމާރާތުގައި ހިންގި ޕެންޝަން އޮފީސް ބާވެގެން އަލުން އިމާރާތް ކުރި ކުރީގެ އުމަރު ޝޮޕިން އާކޭޑްގައެވެ. އެގޮތުން މާދަމާއިން ފެށިގެން އެ އޮފީހުގެ ހުރިހާ ހިދުމަތެއް ދެން ލިބޭނީ އާ އިމާރާތުންނެވެ.
އުމަރު ޝޮޕިން އާކޭޑް ބިލްޑިންގައި ޕެންޝަން އޮފީހުން ހިދުމަތް ދެނީ އަށް ވަނަ ބުރި އާއި ނުވަ ވަނަ ބުރީގައެވެ.
މީގެ ހަފްތާއެއްހާ ދުވަސްކުރިން ޕެންޝަން އޮފީސް ހިންގަމުން ދިޔައީ މޫކައި ސްވިޓްސްގައެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓަރު، ސްޓޭކް ހޯލްޑާ ރިލޭޝަން އިސްމާއިލް ޝުޖާއު ވިދާޅުވީ ޕެންޝަން އޮފީހުގެ އާ އިމާރާތުުން ހުރިހާ ހިދުމަތެއް ލިބުނު ނަމަވެސް އެ އިމާރާތުގެ މަސައްކަތް އަދި މުޅިން ނުނިމޭކަމަށާއި، އެގޮތުން އެ އިމާރާތަށް ވަދެ ނިކުމެ ހަދާ ފަރާތްތަކަށް އުނދަގޫ ތަކެއް ކުރިމަތިވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ