އާންމުންގެ މެދުގައި ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ ދިވެހި ފިލްމު ވާށޭމަށާއެކީގެ ހާއްސަ ޝޯއެއް ހުކުރު ދުވަހު ހަވީރު އޮލިންޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާކަމަށް ޑާކްރެއިން އެންޓަޓައިމެންޓުން ބުނެފިއެވެ.
ހައުސް ފުލް ގިނަ ޝޯތަކެއް ދައްކާފައިވާ ވާށޭމަށާއެކީ ތިން ދުވަހުގެ މެދުކެނޑުމަކަށްފަހު މިރޭ އަލުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ މޮގާ ބުނީ މިރޭ އަލުން އޮޕިންޕަހުގައި ފިލްމު ދައްކަން ފަށާއިރު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ފިލްމު ދެއްކުމަށް އޮލިންޕަސް ލިބިފައިވާކަމަށެވެ.
މިރެއާއި މާދަމާގެ ޝޯތައް ފުލްވެފައިވީނަމަވެސް ބުރާސްފަތި އަދި ހުކުރު ދުވަހު ދެއްކުމަށް ހަމަޖެހިފައިވާ ތިން ޝޯގެ ޓިކެޓް މިހާރުވެސް އޮޕިންޕަހުން ވިއްކަމުން ގެންދާކަމަށް މޮގާ ބުނެފައިވެއެވެ.
މޮގާ ބުނީ ހުކުރު ދުވަހުގެ ރޭގެ ޝޯގެ އިތުރަށް ހުކުރު ދުވަހުގެ ހަވީރު ވާށޭމަށާއެކީގެ ހާއްސަ ޝޯ އެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.
އަދި މިމަހުގެ 22 ވަނަ ދުވަހަށްފަހު ދެން އެންމެ އަވަހަށް އެ ސުޓޫޑިއޯއަށް އޮލިންޕަސް ލިބެނީ އަންނަ މަހުގެ 8 އަދި 9 މި ދެ ދުވަހުކަމަށާ އެ ދުވަސްތަކުގައިވެސް ފިލްމު ދެއްކުމަށް ހަމަޖެހިފައިވާކަމަށް މޮގާ ވަނީ ބުނެފައެވެ.
ޑާކްރެއިން އެންޓައިޓަމްއިން މިއަހަރު ސުކްރީނާއި ހަމައަށް ގެނެސް ދިން ފުރަތަމަ ފިލްމު ވާށޭމަށާ އެކީ ސުކްރީން ކުރުމުގެ ކުރިންވެސް މިއަަހަރު ފިލްމީ އޯޑިއެންސް އެންމެ އިންތިޒާރުކުރި ފިލްމަކީ މިއީއެވެ.
މިހާތަނަށް ކާމިޔާބު ހަތް ފިލްމެއް އުފައްދާ ސުކްރީނާއި ހަމައަށް ގެނެސްދިން ޑާކްރެއިންގެ އައު ފިލްމާއިމެދު ފިލްމު ބަލަން ވަތް ގިނަ މީހުން ވަނީ ހިތްހަަމަޖެހުން ފާޅުކޮށްފައެވެ.
މިއީ މިހާތަނަށް ސުކްރީން ކުރެވުނު އެންމެ ތަފާތު އަދި އެކްޓިންގެ ގޮތުންވެސް ފެންވަރު ރަނގަޅު ފިލްމެއްކަމުގައި ގިނަ ބެލުންތެރިން ވަނީ ފާހަގަކޮށްފައެވެ.
ކުޑަކުދިންދެކެ އިންތިހާއަށް ލޯބިވާ އަދި ގިނަ ދަރިން ބޭނުންވާ އަންހެނަކާއި، ދަރިން ހޯދަން ދެކޮޅުހަދާ ފިރިހެނެއްގެ ލޯބީގެ އަދި އެހާމެ މަޖާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގައިވެސް އެންމެ މުހިންމު ރޯލްތަކުން ފެނިގެންގޮސްފައިވާ ޑާކްރެއިންއިން ތައާރަފްކޮށްދިން ތަރިންކަމުގައިވާ މަޖޫ އަދި ޖުމައިލްއެެވެ.
ވާށޭ މަށާއެކީ އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައިވެސް ދައްކަމުންދާއިރު، މުޅި އަހަރަށް ބަހާލައިގެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފިލްމު ދެެއްކުމަށް ޑާކްރެއިން އެންޓަޓައިމެންޓުން ވަނީ ނިންމާފައެވެ.
ވާށޭ މަށާއެކީގެ ހާއްސަ ޝޯއެއް ހުކުުރު ދުވަހު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ