ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބައެއް ޕާޓީތަކާއި ގުޅިގެން އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން ބައެއް ޕާޓީތަކާއި ބައްދަލު ކުރަން ނިންމައިފި އެވެ.
ރައީސް މައުމޫންގެ ފެކްޝަނުން މިގޮތަށް ނިންމާފައިވަނީ ރައީސް މައުމޫނަށް ތާއީދުކުރައްވާ ކައުންސިލްގެ މެންބަރުންގެ މެދުގައި ރޭ މަޝްވަރާކުރެއްވުމަށްފަހު އެވެ.
ކައުންސިލްގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ފެކްޝަންގެ ސްޕޯކްސްޕާސަން އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއި ވިދާޅުވީ ޕާޓީތަކާއި ބައްދަލުކުރެއްވުމަކީ ރައީސް މައުމޫންގެ އިސްނެންގެވުމަށް ކުރައްވާ ކަމެއް ކަމަށެވެ.
ރައީސް މައުމޫންގެ ފެކްޝަނުން ބައްދަލުކުރެއްވުމަށް ނިންމާފައިވަނީ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި އަދި އެމްޑީއޭގެ އިސް ބޭފުޅުންނާ އެެވެ.
މިބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އިންތިހާބު ކާމިޔާބުކުރުމަށް ޕާޓީތަކުން ގުޅިގެން ކުރެވިދާނެ ކަންކަމުގެ މައްޗަށް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުން ބުނެ އެވެެ.
ރައީސް މައުމޫންގެ ފެކްޝަނުން ބައްދަލުކުރަން ނިންމާފައިވާ ޕާޓީ ތަކަކީ 2013 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރުމަށާއި އަދި ނިމިގެން ދިޔަ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ގުޅިގެން މަސައްކަތް ކުރި ޕާޓީ ތަކެކެވެ.
ކައުންސިލް އިންތިހާބާ ގުޅިގެން ބައެއް ޕާޓީތަކާއި ބައްދަލުކުރަން ރައީސް މައުމޫން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ