މިއީ ދަނބު މޫސުން ދޯ!

ފިސާރި ފޯރި ދައްކާލާފަ މީހުން އެ ބިނދެ ބިނދެގެން ކަނީ ދަނބުދޯ! ތެދެކެވެ. މިއީ ދަނބު މޫސުމުގެ ފޯރިގަނޑެވެ.
މުޅި ސޯޝަލް މީޑިއާގައި ވެސް އަޑު ހިއްޕާލާފަ އެއޮއް ގޮވަނީ ދަނބު ކޮތަޅެއް ފަސް ރުފިޔާއަށްށެވެ. މުޅި ހުޅުމާލެގައި ދެފަޅީގައި ހުރި ގަސްތަކުގައި ދަނބުތައް ފުރި ބަންޑުންވަނީއެވެ. މި އަވާއިގައި މީހުންޖެހި މިހާރު ވިޔަފާރީގެ އުސޫލުންވެސް މިކަން ކުރަނީއެވެ.
ދެން މިވާހަކަ ބާއްވާފަ ނިކަން މިއިން ލިބޭ ފައިދާތައް ބަލަން ހިނގާށެވެ. ދަނބަކީ ހުތްފޮނިރަހަ ދޭ މޭވާއެކެވެ. މިއީ ޖޫސް ފަނިފަދަ ތަކެތި ގިރަން ބޭނުންކުރާ މޭވާއެކެވެ. ދަނބުން ލިބޭ ސިއްހީ ފައިދާތައް ބޮޑެވެ.
ތާޒާ ދަނބު އޮށަކީ ކުޑަކަމުދާ ތަކެތީގައި ހަކުރު ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި މިއީ މައިދާ ރައްކާތެރިކޮށްދިނުމުގެ ބާރު އެކުލެވިފައިވާ އެއްޗެކެވެ. ދަނބު އޮށް މުގުރައި ހިމުންކޮށްގެން އުފައްދާ ޕައުޑަރު، ފެނާއި އެއްކޮށްގެން ބޭނުންކުރުމުން ކުރިން ބުނިފަދައިން ކުޑަކަމުދާ ތަކެތީގައި ހަކުރުގެ ނިސްބަތް ދަށްވެއެވެ. އަދި މިއީ މާ އަވަސްއަވަހަށް ކުޑަކަމުދާން ޖެހުން، އަދި ބޭރަށްހިންގުން ފަދަ ހާލަތްތަކުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.
ދަނބުގައި ހަޖަމުކުރުމަށް ބޭނުންވާ އެންޒައިމްތައް މައިދާ އިން ދޫކުރުމަށް ބާރުއަޅާ އެސިޑްތައް ހުރެއެވެ. އަދި މިއީ މައިދާގެ މައްސަލަތަކަށް ލުއިކަން ގެނެސްދޭ އެއްޗެކެވެ.
ދަނބު ފަތަކީ ހަށިގަނޑަށް ވިޓަމިން އީ ނެގުމަށް އެހީތެރިވެދޭ އެއްޗެކެވެ. ދަނބު ފަތުގައި ބެކްޓީރިޔާ އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވޭތީ ހިރުގަނޑު ދުޅަވުން ފަދަ ހާލަތުގައި ދަނބު ފަތް އެކަމަށް ފަރުވާކުރުމަށް ބޭނުން ކުރެއެވެ. ދަނބު ފަތުން ދަތްތަކާއި، ހިރުގަނޑު ވަރުގަދަކޮށް ދަތުގައި ބާރުގަދަކޮށްދެއެވެ. މިހާ ސިއްހީ ފައިދާތަކެއް ލިބިދޭ މޭވާއެއް ނުކައި ދޫކޮށްލެވޭކަށްނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ