ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ޝަރީއަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެޓްރީ ގްރޫޕްގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ މައްސަލަ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަަށް ގެންގޮސްފިއެވެ.
ފެބްރުއަރީ 08 ވަނަ ދުވަހު އައްޑޫ ސިޓީގެ ގަން ޕޮލިސް ސްޓޭޝަންގައި ހުޅުޖެހި މައްސަލައިގައި މެމްބަރު މުހައްމަދު ރަޝީދުގެ މައްޗައުފުލާފައިވާ ދައުވާގެ ޝަރީއަތުގެ މަޖިލީހުން ވަނީ ވަކީލަކު އައްޔަން ކުރުމަށް ތިން ދުވަހުގެ މުއްދަތެއްދީފައެވެ.
ގަމު ޕޮލިސް ސްޓޭޝަނާއި އައްޑޫ ސިޓީގެ ކޯޓުތަކުގައި ފެބްރުއަރީ 08 ވަނަ ދުވަހު ހުޅުޖެހި މައްސަލައިގައި ދައުލަތުން ވަނީ 43 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އޭގެތެރެއިން 36 މީހެއްގެ މައްސަލަ މީގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފައެވެ. ދެންތިބި މީހުން އެކިއެކި ސަބަބުތަކާހުރެ ކޯޓަށް ހާޒިރުވެފައިނުވާތީ ހާޒިރުނުވާ މީހުންގެ މައްސަލަތައް ވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. ގަމު ޕޮލިސް ސްޓޭޝަނުގައި ހުޅުޖެހި މައްސަލާގައި ކޮރިމިނަލް ކޯޓުންވަނީ މުހައްމަދު ރަޝީދުއަށް މީގެ ކުރިން ޗިޓް ފޮނުވާފައެވެ. ނަމަވެސް އެދުވަސްވަރު މުހައްމަދު ރަޝީދު މަޖިލީހުގެ ރަސްމީދަތުރުފުޅެއްގައި ރާއްޖޭން ބޭރުގައި އުޅުއްވާތީ ކޯޓަށް ހާޒިރުވެވޭގޮތް ވަނީ ނުވެފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް މެމްބަރު މުހައްމަދު ރަޝީދުގެ އިތުރުން އެމައްސަލައިގެ އިތުރުއެހެން މީހަކުވެސް ހާޒިރުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ