އިންޓަ ސްކޫލް ކެރަމް މުބާރާތް އަންނަ މަހު ފަށަނީ

މިއަހަރުގެ އިންޓަ ސުކޫލް ކެރަމް މުބާރާތް އަންނަ މަހު ބޭއްވުމަށް ކެރަމް އެސޯސިއޭޝަންއިން ނިންމައިފި އެވެ.
ކެރަމް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުބީން ވިދާޅުވީ، މިއަހަރުގެ މުބާރާތް ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކަމަށެވެ. އަދި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ކަމަށް ވެސް މުބީން ވިދާޅުވިއެވެ.
މުބާރާތުގައި ވާދަކުރާ އުމުރު ފުރާތަކަކީ 11 އަހަރުން ދަށާއި 13 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރު ފުރައެވެ.
މުބީން ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމަށް އެދި ސްކޫލްތަކަށް ދައުވަތު އަރުވާފައި ވާނޭ ކަމަށާއި އެގޮތުން މިހާރު ބައެއް ސުކޫލްތަކުން މުބާރާތަށް ތައްޔާރު ވުމަށް ފަރިތަކުރުންތައް ފަށާފައިވާ ކަމަށެވެ.
މިއަހަރުގެ އިންޓަ ސުކޫލް ކެރަމް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ