ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ބޮޑު ބަޔަކަށް ހުދު ސަމާލު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ހއ.އަތޮޅުން ލ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ، މިރޭ 9:00 އިން ދަންވަރު 3:00 އާ ހަމައަށެވެ.
ސަމާލު ނެރެފައިވާ ގަޑިތަކުގައި ހއ.އަތޮޅުން ފެށިގެން ލ.އަތޮޅާ ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ސަރަޙައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި ފެންވަންނާނެހެން ހުންނަ ގެތަކާއި ފިހާރަތަކުގެ ދޮރުމަތީގައި ވެލިބަސްތާ ޖަހައި ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރައްވައެވެ. އަދި ކަނޑުގަދަ ސަރަހައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ދަތުރުތައް ނުކުރުމަށްވެސް އިލްތިމާސް ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ