50 މޭލަށް ވައިދަގަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފ އަތޮޅަށެވެ.
އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މެންދުރު 09:30 އިން ހަވީރު 13:30 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ އެވަގުތު ތަކުގައި އެ ސަރަހައްދަށް 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މިއަދާއި، ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދާވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މި ދުވަސްތަކުގައި ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑު ބަޔަކަށް ވިއްސާރާނެ ކުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މެޓް އޮފީހުން ބުނީ ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށެވެ. އަދި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާ ކަނޑުތައް, ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށެވެ.
އެހެން ކަމުން ދަތުރުވެރީން މޫސުމަށް ސަމާލުވެ ދަތުރަށް ފުރުމުގެ ކުރީން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
50 މޭލަށް ވައިދަގަވޭ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ