މެލޭޝިއަން އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ބަލަމުންދާ މައްސަލައެއްގެ ހެކި ނައްތާލުމަށްޓަކައި އެއް މިލިއަން ރިންގިޓު އަންދާލައިފި އެވެ.
މެލޭޝިއާގެ ދަ ސްޓާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ނޫޓުތައް އަންދައިލީ ޑޭޓާ ސެންޓަރެއްގެ ބީލަމާ ގުޅިގެން ހިޔާނާތުގެ ތުހުމަތު ކުރެވޭ ކޮންސްޓަރަކްޝަން ކުންފުންޏެއްގެ ޕްރޮޖެކްޓު މެނޭޖަރެވެ.
އޭނާގެ ގެ ބަލައި ފާސްކުރަން އޮފިސަރުން އަންނަތަން ފެނިގެން، ރައްކާކޮށްފައި ހުރި ފައިސާތައް އަންދައިލަން މަސައްކަތް ފެށި އެވެ. އޭނާ އެކަން ކުރީ ގަތް ބިރުގެ ސަބަބުން ކަމަށް ނޫހުގައި ބުނެފައިވެ އެވެ.
"ގެއަށް ވަންއިރު ވެސް ފާހާނައިން ދުން އަރަމުން ދިޔަ. އިންސްޕެކްޓަރުން ބެލިއިރު 100 ރިންގިޓުގެ ނޫޓުތައް ހުރީ އަންދާލާފައި،" އެ މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ނޫހުގައި ލިޔެފައިވެ އެވެ.
ނަމަވެސް އެ ގެއިން އިތުރު 7.5 މިލިއަން ރިންގިޓާއި އަގު ބޮޑެތި ގަޑި އާއި އަނގޮޓި، ރަން ކޮއިން ފަދަ ގަހަނާ ތަހުގީގަށް ގެންދިޔަ އެވެ.
މެލޭޝިއާގެ ޖިނައީ އިޖުރާއަތުގައި އޮންނަ ގޮތުން ހެކި ނައްތާލުމަކީ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ.
މެލޭޝިއާގެ އޭސީސީ އޮފިސަރުން ދެކެ ބިރުން އެއް މިލިއަން ރިންގިޓު އަންދާލައިފި މެލޭޝިއާގެ އޭސީސީ އޮފިސަރުން ދެކެ ބިރުން އެއް މިލިއަން ރިންގިޓު އަންދާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ