ކާވާ ޗެމްޕިއަންސް ލީގު: ދެ ވަނަ މެޗުން ވެސް ސިފައިންނާ، އެޗްޑީސީ ބަލިވެއްޖެ ކާވާ ޗެމްޕިއަންސް ލީގު: ދެ ވަނަ މެޗުން ވެސް ސިފައިންނާ، އެޗްޑީސީ ބަލިވެއްޖެ

މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގު 2025 ގައި ދިވެހި ސިފައިންގެ ކްލަބް އާއި ކްލަބް އެޗްޑީސީ ކުޅުނު ދެ ވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ދިވެހި ސިފައިންގެ ކްލަބުން ނުކުތީ، ޒައިކް ވޮލީބޯލް ކްލަބާ ދެކޮޅަށެވެ. މި މެޗުން ސިފައިން ބަލިވީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ދިޔައީ، 25-17، 25-22 އަދި 25-15 އިންނެވެ. ސިފައިންގެ ޓީމުގެ ފަރާތުން މި މެޗުގައި ވަރުބަލިކަން ފެނިގެންދިޔައިރު، އެ ޓީމަށް އެންމެ ރަނގަޅަށް ޕާފޯމް މި މެޗުގައި ނުކުރެވުނެވެ.
މީގެ އިތުރުން ރޭ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް އަތުން އެޗްޑީސީ ބަލިވީ 3-1 ސެޓުންނެވެ.
އެޗްޑީސީން ރަނގަޅު ފައިޓެއް ދިން މި މެޗުގެ ސެޓުތައް ދިޔައީ، 25-19، 25-23، 19-25 އަދި 25-22 އިންނެވެ.
މި މެޗުގައި އެޗްޑީސީގެ ބިދޭސީ ދެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
މެޗުގެ އެޗްޑީސީން އެންމެ ތަފާތުކޮށް ފެނިގެންދިޔައީ މެޗުގެ ދެވަނަ ސެޓު އަދި ތިންވަނަ ސެޓުގަ އެވެ. އެގޮތުން ދެވަނަ ސެޓުގެ މެދުތެރެރިން ހެލްޕް ނޭޕާލް ޓީމުން ފަސް ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް އެޗްޑީސީން ވަނީ ކުޅުމުގެ ތެރެއަށްވަދެ ފަރަގު ކުޑަކޮށްފަ އެވެ.
އަދި މެޗުގެ ހަތަރުވަނަ ސެޓުގައި އެޗްޑީސީ ޓީމުން ވަނީ ތަފާތު ރޫހެއްގައި ކުޅެ، މުޅި ސެޓު ލީޑުކޮށްފަ އެވެ.
މި މުބާރާތުގައި މިއަދު ވެސް އެޗްޑީސީ އާއި ސިފައިންގެ މެޗުތައް އޮންނާނެ އެވެ. އެގޮތުން އެޗްޑީސީން މާދަމާ ހަވީރު ނުކުންނާނީ ޒައިކްއާ ދެކޮޅަށެވެ. އަދި މާދަމާ ރޭ، ސިފައިން ނުކުންނާނީ ސްރީ ލަންކާ ޕޯޓްސް ލިމިޓެޑާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ