މިއީ ކަނޑުގަދަ ދުވަސްވަރަކަށް ވާތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން އެމްއެންޑީއެފުން އެދިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވެ، ވިއްސާރަކޮށް އަދި ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފައި ވާތީ، ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ހާއްސަ ސަމާލުކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސް ވެފައިވާ އިރު ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. ފެށިގެން ތ.އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރުނީ ހެނދުނު 9:45 އިން މެންދުރު ފަހު 15:30 އާ ހަމައަށެވެ. މި ސަމާލުގައި ކަނޑުގަދަވެ އުދަ އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. ކުރިން ނެރެފައިވާ ސަމާލުގައި މެޓުން ހާމަކޮށްފައިވާ ގޮތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފައިވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ހަތަރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެކަމަށެވެ. އަދި އެ ދުވަސްތަކުގައި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވުމުގެ އިތުރުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މޫސުން ގޯސްވުމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ކަނޑުމަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ކޮންމެހެން ދަތުރު ކުރަން ޖެހޭ ފަރާތްތަކުން ވެސް، ދަތުރު ކުރާއިރު މޫސުމާ ބެހޭ އެންމެފަހު މައުލޫމާތު ހޯދުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ރޭގަނޑު ދަތުރު ނުކުރުމަށާއި މޫސުން ގޯސް ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުރު ފަސްކޮށްލުމަށް އަދި ރީނދޫ ނުވަތަ އޮރެންޖު އެލާޓް ނެރެފައި ވަނިކޮށް ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވަނީ: ދެކުނު އަތޮޅުތަކަށް ވެސް ބޯކޮށް ވާރޭވެހުމުގެ އިންޒާރު މިރޭ ނެރުނު ސަމާލު ރީނދޫއިން, ހުދަށް ބަދަލުކޮށް އަލުން ދަމަހައްޓައިފި އަނެއްކާވެސް ”ލައިފްޖެކެޓް” މަތިން ހަނދާން ނެތިއްޖެ މަގުބޫލު ލިޔުންތައް އެކްޓްރެސް ޝެފާލީ ޖަރިވަލާ ކުއްލިގޮތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ