ކުރިއަށް އޮތް ސީޒަނުގައި ކުޅުން ރަނގަޅުނުވާނަމަ ރެއާލުން ވިނީޝިއުސް ވިއްކާލާނެ ކުރިއަށް އޮތް ސީޒަނުގައި ކުޅުން ރަނގަޅުނުވާނަމަ ރެއާލުން ވިނީޝިއުސް ވިއްކާލާނެ

މެޑްރިޑް (ޖުލައި 19) - ކުރިއަށް އޮތް ސީޒަނުގައި، ރެއާލް މެޑްރިޑްގެ ތަރި، ވިނީޝިއުސްގެ ކުޅުން ފާއިތުވި ދެ ސީޒަނަށް ވުރެ ރަނގަޅުނުވެއްޖެނަަމަ، އެ ކްލަބުން އޭނާ ވިއްކާލުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އަހަރު ފީފާ އިން ހޮވި އެންމެ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ވިނީޝިއުސް، 25، އަށް ފާއިތުވި ސީޒަން ދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ.
ވިނީޝިއުސްގެ ފަރާތުން، 2023/2024 ވަނަ ސީޒަނުގައި ފެނުނު ގޯލުގެ އަދަދަށް ވުރެން، 2024/2025 ސީޒަނުގައި ފެނުނީ ހަ ގޯލު މަދުންނެވެ. އަދި، މިދިޔަ ސީޒަނުގައި 39 މެޗުގައި ވިނީޝިއުސް ކުޅުނުއިރު، 31 މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވާއިރު، 14 މެޗެއްގައި އެވްރެޖްކޮށް ކުޅުން ރަނގަޅުކުރަން އޭނާ ބަދަލުކޮށްފައިވެ އެެވެ. މިއީ، އޭގެ ކުރިން ސީޒަނަށް ވުރެ އިތުރު އަދަދެކެވެ.
ހާއްސަ ގޮތެއްގައި، ކީލިއަން އެމްބާޕޭ، ރެއާލާ ގުޅުނު ފަހުން، ވިނީޝިއުސްގެ ކުޅުން އެވްރެޖްކޮށް ކުރިން ފެންނަ ލެވަލްގައި ނުފެންނަ ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރުން އަންނަނީ ފާހަގަކުރަމުންނެވެ.
ވިނީޝިއުސްއާ އެކު، ރެއާލުން ހަދާފައި އޮތް ކޮންްޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށެވެ. އަދި، މި ފަހުން، ކޮންޓްރެކްޓް އާ ކުރަން ރެއާލުން ކުރި މަޝްވަރާތައް އޮތީ މަޑުޖެހިފަ އެވެ. ވިނީޝިއުސް، ބޮޑު މުސާރަ އަކަށް ޑިމާންޑްކުރާތީ، ރެއާލުން އެކަމާ އަދި ގޮތެއްނުނިންމަ އެވެ.
ރެއާލުން ވިނީޝިއުސް ވިއްކާނަމަ ވިއްކާނެ އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 300 މިލިއަން ޑޮލަރު އެވެ. މި ވަގުތަށް ބަލާއިރު، ވިނީޝިއުސް ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ސައުދީ އަރަބިއްޔާގެ އަލް ހިލާލް އިންނެވެ. އެ ކްލަބުން ވިނީޝިއުސް އަށް އެއް ބިލިއަން ޑޮލަރުގެ އަގުހުރި ދިގު ކޮންޓްރެކްޓެއް ވެސް ދޭން ތައްޔާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ