ހައި ކޯޓުގެ ފަނޑިޔާރުކަމަށް މުހައްމަދު ޝަހީދު ހަމަޖައްސަން ޖޭއެސްސީން ނިންމި ނިންމުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ޝަހީދު، ހައި ކޯޓަށް އައްޔަނު ކުރުން ހުއްޓުވަން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕްރޮސެކިޔުޓަ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ނައުޝާދެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަށް ޝާހިދު ޝަރުތު ހަމަނުވާކަން ފާހަގަކޮށް ނައުޝާދު ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާ، ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންވެސް ހިމެނޭކަމަށެވެ. އެހެންކަމުން ޝަހީދު އެ މަގާމަށް އައްޔަނު ކުރުމަކީ ޝަރުތު ހަމަވާ އެހެން ބޭފުޅުންނަށް ވެވޭ ބޭއިންސާފެއްކަމަށް ނައުޝާދު ވިދާޅުވިއެވެ.
ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަހީދު އައްޔަންކުރުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދިފައިވާއިރު މީގެ ކުރިން ޝަހީދު ވަނީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ގިނަ މަސައްކަތްކުރައްވާފައެވެ. އަދި މި ސަރުކާރުގައި ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީގެ ސިޔާސީ މަގާމެއް ވެސް އަދާކުރެއްވިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާ ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައި ކޯޓު ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފި ހައި ކޯޓުގެ ދެކުނު ގޮފި އުވާލަން ނިންމާ، ކޯޓުތަކުގެ ގާނޫނު އިސްލާހުކުރަން ފާސްކޮށްފި ހައި ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް، މަޖިލ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ