އުރީދޫގެ އަހަރީ ދުވަހާއި ގުޅިގެން ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް

އުރީދޫ މޯލްޑިވްސް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަތާ 20 އަހަރު ފުރުމުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.އުރީދޫގެ އަހަރީ ދުވަހާއި ގުޅިގެން ތައާރަފްކުރި އޮފާތަކަކީ:ލިވް އަންލިމިޓެޑް ކެމްޕެއިންއުރީދޫ މޯލްޑިވްސްގެ 20 އަހަރު ފާހަގަ ކުރުމުގެ ގޮތުން މި އެޕްރީލް މަހު ވަނީ ލިވް އަންލިމިޓަޑް ކެމްޕެއިން ފަށާފަ އެވެ. މިކެމްޕެއިންގެ ދަށުން އުރީދޫގެ ކޮންމެ ހިދުމަތަކަށް 250 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ނެގިގެންދާނެ އެވެ. ނަސީބުވެރި 19 ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، 20 ވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާއަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.20 ޕަސެންޓް ބޯނަސް ޑޭޓާއޮގަސްޓް އެއްވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ވަކި ޑޭޓާ ޕެކްތަކުން 20 ޕަސެންޓާ ހަމައަށް ބޯނަސް ލިބޭނެ އެވެ. މި ބޯނަސް ޑޭޓާ 4 ހަފުތާއަށް ބޭނުންކުރެވޭނެ އެވެ.ސްޕިން ދަ ވީލް އެންޑް ވިންމި މަހުގެ ފުރަތަމަ ތިން ދުވަހު ކަސްޓަމަރުންނަށް 'މައި އުރީދޫ' އެޕްގައިވާ 'ސްޕިން ދަ ވީލް' ފީޗާގައި ނަސީބު ޓްރައިކޮށް ސަޅި އޮފާތައް އަންލޮކް ކުރެވޭނެ އެވެ.އެމް-ފައިސާ އޮފާއޮގަސްޓް މަހުގެ ތެރޭގައި އެމްފައިސާ މެދުވެރިކޮށް ފުޑީސް އޯޑަރުތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ފުޑީޒް އިން ދެން އަންނަ އޯޑަރުން %5ގެ ޑިސްކައުންޓެއް ދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ