އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކޮށް، ރަން ރީނދޫ ދުވުން ބާއްވައިފި
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކޮށް، މެމްބަރުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށް އެ ޕާޓީން މިއަދު ދުވުމެއް ބާއްވައިފި އެވެ."ރަން ރީނދޫ" ގެ ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ބޭއްވި އެ ދުވުމުގެ ބޭނުމަކީ، އެ ޕާޓީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ޕާޓީގެ އެއްބައިވަންތަކަން ދައްކާލުމެވެ.އްސަ ދަންމަރަކާއެކު އެ ދުވުން ފެށިއިރު، އެމްޑީޕީން ބުނެފައިވަނީ، އެއީ އެމްޑީޕީން ވޭތުވެދިޔަ 20 އަހަރު ދިވެހިންނަށާއި ރާއްޖެ އަށް ކޮށްދީފައިވާ އެކިއެކި ހިދުމަތްތައް އަދި ގެނެސްދީފައިވާ ތަރައްގީ ރަމްޒު ކޮށްދޭނެ ދަންމަރެއް ކަމަށެވެ.އެ ދުވުމުގައި އެ ޕާޓީގެ ގިނަ އަދަދެއްގެ އަންހެން މެންބަރުން ވެސް ހިމެނޭހެން 300 އެއްހާ މީހުން ބައިވެރިވެފައިވެ އެވެ. އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި މި ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. އެގޮތުން ހއ. ތުރާކުނުން ފެށިގެން އައްޑުއާ ހަމަައަށް ދަންމަރު ގެންދާނެ އެވެ.ދުވުން އެއްކޮށް ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހު އެވެ.އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ