ފިލްމު 'ހައުސްފުލް 5' އެމޭޒަން ޕްރައިމްއަށް
މި އަހަރުގެ ޖޫން މަހު ސިނަމާތަކުގައި ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ހައުސްފުލް 5" އެމޭޒަން ޕްރައިމްގައި ޕްރީމިއާކުރިކަން އެ ޕްލެޓްފޯމްއިން އިއުލާނުކޮށްފިއެވެ. ރިލީޒްކުރިތާ އެންމެ ހަތަރު ދުވަސްތެރޭ ބޮޑު އާމްދަނީއެއް ހޯދި "ހައުސްފުލް 5"އަކީ ވަރަށް ބޮޑު ކާސްޓަކާ އެކު ނަދިއަދުވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓްއިން ގެނެސްދިން ފިލްމެކެވެ. ބޮލީވުޑްގެ ބްލޮކްބާސްޓާއެއްގެ ގޮތުގައި މިހާރު ބެލެވިފައިވާ މި ފިލްމަކީ ތަރުން މަންސުހާނީ ޑައިރެކްޓްކޮށް ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މިއީ ސާޖިދު ނަދިއަދުވާލާގެ އަމިއްލަ ޕްރޮޑަކްޝަންއިން ގެނެސްދެމުން އަންނަ ކޮމެޑީ ފްރެންޗައިސް "ހައުސްފުލް"ގެ ދަށުން ގެނެސްދިން އެ ފްރެންޗައިސްގެ ފަސް ވަނަ ފިލްމެވެ. ފިލްމު "ހައުސްފުލް 5"ގެ ކާސްޓުގައި ހިމެނޭ އަކްޝޭ ކުމާރު. ރިތޭޝް ދޭޝްމުކް، ސޯނަމް ބާވްޖާ އަދި ނަރުގިސް ފަހުރީ--ފޮޓޯ/ބޮލީވުޑްހަންގާމާ މި ފްރެންޗައިސްގެ ކުރީގެ ފިލްމުތަކުން ވެސް އެކި ފަހަރު އެކި ތަރިން ފެނިފައިވީ ނަމަވެސް މިހާތަނަށް ގެނެސްދިން ހުރިހާ ފިލްމުތަކުން ވެސް އަކްޝޭ ކުމާރު އަދި ރިތޭޝް ދޭޝްމުކް ވަނީ ފެނިފައެވެ. ފިލްމު "ހައުސްފުލް 5"ގެ ޓްރެއިލާ ބެލުންތެރިންނަށް ގެނެސްދިންއިރު ވެސް ފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން ކުރިން ގެނެސްދިން ހަތަރު ބައިން އެކި ފަހަރު މަތިން ފެނުނު ހުރިހާ ތަރިން ވެސް ޖޫން މަހު ރިލީޒްކުރި ފިލްމުގައި ވަނީ ހިމަނާފައެވެ. އޭގެތެރޭގައި، ޖެކްލީން ފެނާންޑެޒް، ސޯނަމް ބާޖްވާ،ނަރުގިސް ފަޚުރީ، ޗިތުރަންގްދާ ސިންގް،ސުންދަރުޔާ ޝަރުމާ، އަބީޝެކް ބައްޗަން،ޑީނޯ މޯރިއާ، ސަންޖޭ ދަތު، ޖެކީ ޝްރޮފް، ނާނާ ޕަޓޭކަރު، ފަރުދީން ޚާން، ޗަންކޭ ޕާންޑޭ، ޖޯނީ ލިވާ، ޝްރެޔާސް ތަލްޕަޅޭ، ރަންޖީތު އަދި ނިކިތިން ދީރު ހިމެނެއެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ބޮޑު ކްރޫޒްލައިނާއެއްގެ ތެރޭ ހިންގާ ގަތުލު އާއްމުގެ ފަހަތުގައި ހުރީ ކާކުކަން ހޯދުމަށް ކުރާ މަސައްކަތްތަކާ އެކު ދިމާވާ ހެއްވާ މަޖާ ހާދިސާތަކުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ