ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުންގެ ތެރެއިން ތިން ބޭފުޅެއްގެ ދައުރު ހަމަވާތީ އެ ތިން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން އަންނަ އޮގަސްޓް 12، ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 6، ގައި ވެސް ރައީސް އޮފީހުން ހުޅުވާލި އެވެ. ޖުލައި 20، ގެ ނިޔަލަށް ހުޅުވާލި އެ ފުރުސަތުގެ މުއްދަތު މިއަދު އިތުރުކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީހުން ބުނީ އެ މުއްދަތުގައި ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލި މީހުން ހުށަހަޅާފައިވާ ލިޔުންތައް ބަލައި ގަނެފައިވާ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރައީސް އޮފީހުން ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެ މަގާމަށް ކުރިމަތިލާ މީހުންގެ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ