ބާޒާރުން ފިޔާ ލިބުން ދަތިވެފައިވަނިކޮށް މިއަދު ކްލިއާވި ފިޔާ ޝިޕްމަންޓު ބާޒާރަށް ނެރެ، ކިލޯއެއް 35ރ.އަށް ވުރެ އަގުބޮޑުކޮށް ވިއްކަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ވިޔަފާރިވެރިން އާންމުކޮށް ހަފްތާއަކު އެއްފަހަރު ރާއްޖެއަށް ފިޔާ އެތެރެކުރެ އެވެ. މި ދުވަސްކޮޅު ފިޔާ ލިބުން ދަތިވީ މޫސުން ގޯސްވުމާ ގުޅިގެން ވިޔަފާރިވެރިންނަށް ފިޔާ އެތެރެނުކުރެވި ގިނަ ދުވަސްތަކެއް ވުމުންނެވެ.
ތަފްސީލު - ފިޔާ ލިބުން ދަތިވެ، ފިޔާގެ އަގު ބާޒާރުގައި އުފުލިފައިވަނިކޮށް އަމިއްލަ ކުންފުންޏެއް ރާއްޖެއަށް އެތެރެކުރި ޝިޕްމަންޓެއް ވަނީ ކްލިއާވެފަ އެވެ.
ނަމަވެސް އަދިވެސް އާންމު ހާލަތަށް ނުދާތީ، ބާޒާރުގައި ވިޔަފާރިވެރިން ފިޔާ ވިއްކަމުން އަންނަނީ ކިލޯއެއް 35ރ.އަށް ވުރެ އަގުބޮޑުކޮށެވެ.
އާންމުކޮށް ސުޕަމާކެޓުތަކުގައި ފިޔޯ ވިއްކަނީ ކިލޯއެއް 15ރ.ގެ މަގުންނެވެ. އަދި ބާޒާރުން އެއަށް ވުރެ ވެސް އަގުހެޔޮކޮށް ލިބެން ހުރެ އެވެ.
އެނގުން މުހިންމު - ފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ވެސް ފިޔާ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެ ޝިޕްމަންޓު ގެނެވޭނެ ދުވަހަކާ ބެހޭ ގޮތުން ސުވާލުކުރުމުން އެސްޓީއޯގެ މީޑިއާ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ޝިޕްމަންޓު ގެންނަން "ލަހެއް ނުވާނެ" ކަމަށެވެ.
ފިޔާ ލިބެން ފަށައިފި، އެކަމަކު ކިލޯއެއްގެ އަގު 35.ރއަށް ވުރެ ބޮޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ