ހަލާލް ޓޫރިޒަމް ތަރައްގީކުރަން ރަށްތަކެއް ދޫކުރަނީ

ހަލާލް ޓުއަރިޒަމްއަށް ވަކި ރަށްތަކެއް ތަރައްގީކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް މުޅި ދުނިޔޭގައި މަޝްހޫރުވެފައި ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތް ކުރިއަރުވައި، ޓޫރިސްޓުން ރާއްޖޭގައި ކުރާ ތަޖުރިބާ އާއި އަދާކުރާ މެހެމާންދާރީގެ ނަމޫނާއެއްގެ ގޮތުގައި ކަމަށެވެ.އެހެންވެއާ އެކު، ރާއްޖެ އިން މިހާރު އަމާޒު ހިފާފައިވަނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހަލާލް ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ވެސް ދުނިޔޭގެ މަގުބޫލުކަން ހޯދުމަށެވެ.ރައީސް ވަނީ، ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރަން ހާއްސަ ކޮށްގެން ރަށްތަކެއް ކަނޑައަޅަން ނިންމާފައިވާ ކަން އިއުލާނު ކުރައްވައިފި އެވެ.ރާއްޖެ އަކީ އިންވެސްޓްމަންޓަށް ތައްޔާރަށް އޮތް ގައުމެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ރާއްޖެ އޮތީ ތައްޔާރަށްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކޮށްފައެވެ.ހަލާލް ޓޫރިޒަމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންނަށް އިސްލާމީ ޝަރީއަތާ އެއްގޮތަށް ހިތްހަމަޖެހިލައިގެން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދޭ ފަތުރުވެރިކަމުގެ ހިދުމަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ