ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި ގެންދިޔަ މީހަކު ހައްޔަރު ކޮށްފި އެވެ.
މިއީ މި މަހުގެ 25 ވަނަ ދުވަހު ހިނގި ހާދިސާ އެކެވެ. ފުލުުހުން ބުނީ ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހުގެ 25 ވަނަ ދުވަހު ކޮލަމާފުށީ ޕޮލިސް ސްޓޭޝަނުން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާ އެ ގޮތުން އާރުޓީއެލް ފެރީގައި އެ ރަށަށް އައި ކޮލަމާފުށީ ދޮންވެލި, ޝިފާއުﷲ ސައީދު ހުއްޓުވާ ބަލާ ފާސްކުރިއިރު އޭނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ގައި އޭނާ ހުއްޓުވަން އުޅުމުން މަޑުނުކޮށް ސައިކަލަށް އަރައިގެން ދާން އުޅުމުގެ ތެރޭގައި ވެއްޓި އަނިޔާވެފަައިވެ އެވެ. އެ ގޮތުން އޭނާގެ ކަނާތު ކަކުލާއި އުޅަނބަށި ވަނީ މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށާ އަދި ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 11 ދުވަސް ޖަހާފައި ކަމަށެވެ.
ކޮލަމާފުއްޓަށް ޑްރަގް ގެންދިޔަ މީހަކު ހައްޔަރު، ފިލަން އުޅެނިކޮށް އަނިޔާވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ