މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ހޯދަން ފައިސާ ނުބައްސަވާނެ ކަމަށާއި އެގޮތަށް އެކަން ކުރަން ފައިސާ ވެސް ނެތް ކަމަށް, އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ބައިވެރިވެ ވަޑައިގަންނަވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރުގެ ކެންޕެއިން ހަރަކާތެއްގައި ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ, މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވަރަށް ތަފާތު ކެނޑިޑޭޓުން އެބަ ނިކުންނަވާ ކަމަށެވެ. އެގޮތުން މިލިޔަނަރުންވެސް ވާދަ ކުރައްވާކަން ފާހަގަ ކުރައްވާ ވިދާޅުވީ, މިއަދު ރާއްޖެއަށް ބޭނުންވާ ބަދަލު ގެނެވޭނީ އެ ބޭފުޅުންނަށް ނޫން ކމަށެވެ.
”އަޅުގަނޑުމެން ފައިސާއާ ނުލާ މިކަން ކުރާނީ އިރާދަ ކުރެއްވިއްޔާ, އަޅުގަނޑުމެން އަތަކު ނެތް ބަހާނެ ފައިސާއެއް. “ އުމަރު ވިދާޅުވީ ފައިސާ ބަހަނީ އިންވެސްޓްމެންޓެއްގެ ގޮތުގައި ކަމަށާއި ސަރުކާރަށް އައިސް ސަރުކާރުގެ ތެރެއިން ވެރިން އަބަދުވެސް ކެންޕެއިން ޚަރަދުތައް ނަންގަވާ ކަމަށެވެ.
“ސިިޔާސީ މީހަކު ފައިސާ ބަހައިގެން, އޭނާ ކެންޕެއިންކޮށްގެން ވޯޓް ހޯދައިފިއްޔާ ޤަބޫލު ކުރައްވާ އެ މީހަކު ސަރުކާރަށް ވަދެ އެފައިސާ ރިފަންޑް ކުރާނެ.”
އުމަރުގެ ވާހަކަފުޅުގައި ވިދާޅުވީ, ސިޔާސީ ލީޑަރުންނަކީ ފައިސާއިން ކުޅޭ ބަޔަކަށް ވާހާހިދަކު ރާއްޖޭގެ ޕޮލިޓިކްސްއަށް ބަދަލެއް ނާންނާނެ ކަމަށެވެ.
“ވެރިން ބަދަލުވާނެ ފަސް އަހަރުން, ޕޮލިޓިސްއަށް, ވެރިކަމުގެ ސްޓައިލަކަށް, ޤައުމަކަށް ބަދަލެއް ނާންނާނެ” އުމަރު ވިދާޅުވީ އެމަނިކުފާނު ގެންނަން އުޅޭ ބަދަލަކީ, ވެރިކަން ބަދަލު ކުރުމުގެ ބަދަލެއް ނޫން, ބަދަލު ކުރަން ބޭނުންވަނީ ޤައުމު ކަމަށެވެ.
އެގޮތުން ރާއްޖޭގެ ރައްޔިތުންނަކީ ސަރުކާރުން ދޭ ފައިސާ ކޮޅަކަށް ބަރޯސާނުވެ އަމިއްލަ މަސައްކަތް ކުރާ ފަޚްރުވެރި ބަޔަކަށް ހެދުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އުމަރު ދެއްވިއެވެ.
ބަހާނެ ފައިސާއެއް ނެތް, ވެރިކަމަށް އަންނާނީ ފައިސާ ބަހައިގެން ނޫން : އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ