ވެރިކަން ކުރާ އެމްޑީޕީގެ ހުޅުދޫ ދާއިރާގެ ރައީސް ސާމިއު އަންވަރު، މިނިސްޓްރީ އޮފް ޓުއަރިޒަމް ގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް އައްޔަންކޮށްފިއެވެ.
ސާމިއު މި މަގާމަށް އައްޔަންކޮށްފައިވަނީ ފާއިތުވި ހަފްތާގައެވެ. މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ސާމިއުއަށް 30،240 ރުފިޔާ ލިބޭނެއެވެ. މި މަގާމަށް ސާމިއު އައްޔަންކޮށްފައި މިވަނީ ކޮންމެހެން މުހިންމު ނޫން މަގާމުތަކަށް މީހުން ނުނެގުމަށް ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ނެރެފައިވަނިކޮށެވެ.
މި ސާކިއުލާ ނެރުނު ފަހުންވެސް ތަފާތު އެތައް ސިޔާސީ މަގާމުތައް އަލަށް އުފައްދައި ވަޒީފާތައް ދީފައިވެއެވެ. ނަމަވެސް ރަށްރަށުގެ ހޮސްޕިޓަލްތަކާއި، ސްކޫލްތައް އަދި އެފަދަ އެހެން އަސާސީ ހިދުމަތްދޭ ތަންތަނަށް ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ނެގުން ވަނީ މަޑުޖެހިފައެވެ.
ރައީސް އިބްރާހީމްގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ މިހާރު 2000 އާއި ގާތްކުރެއެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ސިޔާސީ މުވައްޒަފުން އެންމެ ގިނަ ސަރުކާރެވެ.
އެމްޑީޕީގެ ހުޅުދޫ ދާއިރާގެ ރައީސަށް ސިޔާސީ މަޤާމެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ