އިނާޒް އިސްތިއުފާ ދެއްވީ ސަރުކާރުން ޕެންޝަން އޮފީސް ތެރެއިން ''މަނީ ލޯންޑާ'' ކުރަން އުޅުމުން: ޔާމީން
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް އިއްޔެ މަގާމުން އިސްތިއުފާ ދެއްވީ، މި ސަރުކާރުން ޕެންޝަން އޮފީސް މެދުވެރިކޮށް މަނީ ލޯންޑާ ކުރަން އުޅޭތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން މިދިޔަ އަހަރު ވަނީ ނިންމައިފައެވެ. އެފަދައިން ނިންމި ފަހުން، ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ދެއްވައިފައެވެ. އިއްޔެ އިނާޒް ވެސް ވަނީ، އެ މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް ގެއްލުން ބޮޑު ނިންމުމެއްކަމަށް ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވައިފައެވެ. އެ ކަމަށް އިޝާރާތް ކުރައްވައި ޔާމީން ރޭގެ ޖަލްސާގައި ވިދާޅުވީ، ޕެންޝަން އޮފީހުން ދުރަށް ވަޑައިގަތީ ވަރަށް ރަނގަޅު، އިލްމީ މީހެއް ކަމަށެވެ. https://sun.mv/217410 "އެތާ އެތެރެއިން މަނީ ލޯންޑާ ކުރަން މަސައްކަތް ކުރީމަ، ޕެންޝަން އޮފީސް ތެރެއިން އެ އުޅުނީ މަނީ ލޯންޑާ ކުރަން ކުރި މަސައްކަތް،" އެ މަނިކުފާނު ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ، ހިސާބު އަކުރުތައް ދޮގެއް ނުހަދަނާ ކަމަށާއި ސަރުކާރުން އުޅެނީ ފައިސާ ނެތިގެން ސުކޫކެއް ހޯދަން ބޭނުން ވެގެން ކަމަށެވެ. ރާއްޖޭން މި އަހަރުގެ އޭޕްރިލް މަހު ދައްކަން އޮތް ސުކޫކް ލޯން އަނބުރާ ދައްކަން ސުކޫކެއް ވިއްކަން މަސައްކަތް ކުރާއިރު، އެކަން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ސަރުކާރަށް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކުރީ ރައީސް ޔާމީންއާއި ޕީއެންއެފްގެ އިސްވެރިން: ރާއްޖޭގެ އިގުތިޞާދުގެ މިހާރުގެ ހާލަތާ ގުޅުވައި ޔާމީން ވަނީ ވާހަކަދައްކަވާފައި --- ސަން ފޮޓޯ/ މޫސާ ނަދީމް މީގެ އިތުރުން، މިދިޔަ އަހަރު ސަރުކާރުން ޚަރަދު ހަމަޖައްސަން ގިނަ އަދަދަކަށް، އަނބުރާ ދައްކާ ގޮތަށް ޓީބިލް ވިއްކައިފައިވާއިރު، ޓީބިލް ގަންނަން ވެސް މީހުން ޝައުގުވެރިކަމެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ. ސަރުކާރުން މިލިއަނުން ދަރަންޏަށް ފައިސާ ނަގަން ވިއްކާ ޓީބިލްގައި އާންމުކޮށް އިންވެސްޓްކުރަނީ ޕެންޝަން އޮފީހުންނާއި ބޭންކުތަކުންނާއި ސަރުކާރު ކުންފުނިތަކުންނާއި ބައެއް އަމިއްލަ ކުންފުނިތަކުންނެވެ. ޓީބިލެއް އެތައް ފަހަރަކު ވިއްކައިފި. ދެން އިތުރަކަށް ބޭންކުތަކުގެ އެޕަޓައިޓެއް ނެތް ޓީބިލް ގަންނާކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ މަނިކުފާނު ވިދާޅުވީ، ދައުލަތުގައި ފައިސާ ނެތުމުން އުފަލެއް ނުވާ ކަމަށާއި އެ ކަމުގެ ހުރިހާ ގެއްލުމެއް ވަނީ 'ނިކަމެތި' ރައްޔިތުންނަށް ކަމަށެވެ. "އެ ހުރިހާ ހާލަތެއްގައި ވެސް ރައްޔިތުންނަށް ކީއްކުރަން އޮޅުވާލަން ހޭ މި ދެންނެވި ގޮތަށް [މަޝްރޫއުތަކަށް] ކަޑަ ޖަހަނީ. އެ ކަޑަ ފީވެގެން ދާއިރު ނޫނީ ހަލާކުވެގެން ދާއިރު މަޝްރޫއެއް ނުހިނގާނެ،" ޔާމީން ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ރައީސް މުއިއްޒު: ސަރުކާރުން އަންނަނީ، ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ދެމުން -- ފޮޓޯ/ ރައީސް އޮފީސް ޔާމީން ރާއްޖޭގެ އިގުތިޞާދާ ގުޅުވައި ވާހަކަދެއްކެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ، ''ދިވެހީންނަށް އަނބުރާ ދެއްކުން ނުކުޅަދާނަ މިންވަރުގެ'' ބޮޑު އިންޓްރެސްޓުގައި ދަރަނި ނަގައި، ސަރުކާރުން ކުރާ ހަމައެކަނި ކަމަކީ ދަރަނި ދެއްކުން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރާއްޖެ ދަރަނި ދަންތުރައެއްގައި ބަނދެވިފައިވާކަން ސާފުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި އަހަރުގެ އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރެއް ހިމެނޭހެން، މި އަހަރު ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ރާއްޖޭން ދައްކަންޖެހެއެވެ. އެއީ، 15 ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ. މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ފައިސާ އަނބުރާ ދައްކާ ގޮތަށް، ސުކޫކް ނުވަތަ ބޮންޑު ވިއްކައިގެން ފައިސާ ހޯދުމަށް ފަހު، ދަރަނި ދެއްކުމަށެވެ. https://sun.mv/212617 މިދިޔަ އޮކްޓޫބަރު 13ގައި ށ. ބިލެތްފައްސަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އޭރު ވިދާޅުވީ، އެ ސުކޫކު ދެއްކުމަށް ރާވައިގެން ކުރަމުން އަންނަ މަސައްކަތްތައް ފުރިހަމަ ކަމާ އެކީ ކާމިޔާބު ވަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ދަރަނި ބޮޑުވުމާ ގުޅޭ ގޮތުން ބޭރުގެ މާލީ އިދާރާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުން ޚަރަދު ކުޑަކުރަން ގޮވާލައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ