ގާނޫނާއި ގާނޫނީ ހަމަ ދަންނަނީ ގުރައިދޫ ކުޑަ ރިޒާ އެކަންޏެއް ނޫނެވެ. ރާއްޖޭގެ ގާނޫނީ ދާއިރާގެ އެތައް ބަޔަކު ޖޭއެސްސީގެ އަމަލު ކުއްވެރި ކުރާއިރު ހަމަ އަޅުވަން ވާހަކަ ދައްކަން ރިޒާ ލަދެއް ނުގަނެއެވެ. ކުރީގެ އުއްތަމަ ފަނޑިޔާރަކާއި ރާއްޖޭގެ ބާކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަރ ޖެނެރަލާއި ތަޖުރިބާކާރު އެތައް ލޯޔަރުންނަށް ނުފެންނަ ގާނޫނީ ހަމައެއް ގުރައިދޫ ރިޒާއަށް ފެނިގެން ވާހަކަ ދެއްކީމާ ސިފަވަނީ ތިމާގެ ގޮނޑިކޮއްކޮ ކަމެވެ. މުއިއްޒަށް އަޅުވެތިވެފައިވާ ވަރެވެ.
ބާރު އޮތަތީ ކަންކަން ހަލާލު ކުރެވިދާނެއެވެ. މުއިއްޒާއި އުޝާމް ބޭނުންވީ ގޮތަށް ސަސްޕެންޝަން އޯޑަރު ނެރެގެން ސްޕްރީމްކޯޓާއި މުޅި ޖުޑިޝަރީ ވެސް ބަނދެލެވިދާނެއެވެ. އަދުލު އިންސާފުގެ އެންމެ އަސާސީ ކަމަކީ ދިފާއުވުމުގެ ހައްގެވެ. ދިފާއުވުމުގެ ހައްގުނުދީ ހިތުހުރި ގޮތަކަށް 3 ފަނޑިޔާރުން އެއްލައިލަން ކުރެވޭ މަސައްކަތުގެ މުގުލުގައިހުރި ގުރައިދޫ ކުޑަ ރިޒާ ނިކުމެ ހަމަ އަޅަން އުޅުނީމާ ނިކަން ހުތުރެވެ.
ފަނޑިޔާރުން ތަކަކާގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅާއިރަށް ކުޑަ ވަގުތު ކޮޅެއްގެތެރޭގައި އެޔެއް މިޔެއް ނުބަލާ އެއްފަހަރާ 3 ފަނޑިޔާރުން ސަސްޕެންޑް ކުރި ހިސާބުން މައްސަލަ ފެށުމުގައިވެސް ނިޔަތުގެ ނުބައިކަން ސާފެވެ. ޖޭއެސްސީއަށް ފަނޑިޔާރެއްގެ ޝަކުވާ ހުށަހެޅޭއިރަށް ވަގުތުން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރާކަށް ގާނޫނުގެ އެއްވެސް މާއްދާއަކުން ޖޭއެސްސީއަކަށް ބާރެއް ނުދެއެވެ.
ފަނޑިޔާރެއްގެ ޝަކުވާއެއް ހުށަހެޅޭ އިރަށް ފުރަތަމަ ކަމަކީ ސަސްޕެންޑްކުރުން ކަމުގެ އިޖުރާއަތެއް ޖޭއެސްސީގައި އެއްވެސް އިރަކު ނޯވެއެވެ. ފަނޑިޔާރަކު ސަސްޕެންޑް ކޮށްގެން މައްސަލަތައް ބަލާ ހަމަތަކަކާ ލަމަތަކެއް އަބަދުވެސް އޮވެއެވެ. މީހަކު ޝަކުވާއެއް ކުރާއިރަށް ފުރަތަމަކުރާ ކަމަކީ ސަސްޕެންޑް ކުރުން ކަމަށް ވެއްޖެއްޔާ ރާއްޖޭގައި ހިންގޭނެ ޝަރީއަތެއް ނުއޮންނާނެއެވެ.
މުއިއްޒަށްޓަކާއި ތިމާގެ އިއްޒަތުއްނަފްސް ވެއްޔާ މޮޑެލެވޭއިރު ނޭނގެނީ ހެއްޔެވެ. ނޫނީ ހަމަ ނުބައި ނުލަފައީ ހެއްޔެވެ. އާނއެކެވެ. ތަންދޮރު ނޭނގޭ އެންމެ ބޮޑެތި ޖާހިލުންނަށްވުރެ ޖާހިލު މީހަކަށް ގުރައިދޫ ރިޒާވެސްވެ ނިމުނީއެވެ. ނަފްސް އަމިއްލަ ގުރުބާން ކުރެވޭއިރު މުއިއްޒަށް ބާރު ހޯދާދޭން ކަތިލެވޭ ކަންބަޅި ބަކައްޓަކަށްވެވެނީ ކަންވެސް ނޭނގެއެވެ. ބޭނުން ކެނޑުމުން ސައްޕު ޖަހާ ހޫރާލާނެ ކަންވެސް އެނގެނީއެއް ނޫނެވެ. މާތް ކަލާނގެ ގަންދީ ކޮށްގެންހުރި ދެ ހުވައަކީ ކުރާނެކަމެއް ކުރާނެގޮތަކަށް ކުރަން ލިބުނު ޕާސްވޯޑެކޭ ރިޒާއަށްވެސް ހީވަނީތާއެވެ.
ގުރައިދޫ ރިޒާ ދެ ހުވާކޮށްގެން ހުރީ މުއިއްޒަށް ސައިކުރާކައްކަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ