މަޓީގެ 3 ވަނަ 'މެންބާ ފޯރަމް' ބާއްވައިފި

ޓޫރިޒަމް ދާއިރާގެ ޖަމްއިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ މެންބަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ 'މަޓީ މެންބާ ފޯރަމް' ގެ 3 ވަނަ ފޯރަމް ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު މީރުމާ ހޯލުގައި ބޭއްވި ފޯރަމްގައި ޓޫރިޒަމް ދާއިރާ އާއި ތިމާވެށި އަދި ކަނޑުގެ ދިރުންތަކާއި ޓެކުހާ ގުޅޭ ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
މިއަދުގެ ފޯރަމްގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ތަފްސީލް - މިއަދުގެ ފޯރަމްގައި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިޔަ މައުލޫތަކުގެ ތެރޭގައި:
ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ރެގިއުލޭޓަރީ ގޮންޖެހުންތަކަށް ހައްލު ހޯދުން
މެރިން ސޭފްޓީ އާމެދު އިތުރުވަމުން ދާ ކަންބޮޑުވުންތައް
ވިތުހޯލްޑިވްސް ޓެކްސް ނިޒާމުގައި ހުރި މައްސަލަތައް
މި ސެޝަންތަކުގައި ކަމާ ގުޅުންހުރި އިދާރާތަކާއި ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެން މަޝްވަރާކުރައްވާފައިވެ އެވެ.
މިއަދުގެ ސެޝަން ނިންމުމުގެ ގޮތުން ވާހަކަ ދައްކަވަމުން
މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވަނީ ޓޫރިޒަމް ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ޕްރައިވެޓް ސެކްޓާ އާއެކު ކަމާބެހޭ އިދާރާތައް ގުޅިގެން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ