ޑެޕިއުޓީ އޭޖީ އައްޔަނުކޮށް، ވަކިކުރުމުގެ ބާރު ރައީސަށް ދިނުމަށްފަހު، އޭޖީ އޮފީހުގެ ބިލު ތަޅުމަށް ފޮނުވަން ފާސްކޮށްފި
ޑެޕިއުޓީ އެޓާނީ ޖެނެރަލް އައްޔަނުކޮށް، ވަކިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ބަދަލުކުރުމަށް ފަހު، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ބިލު އަލުން ތަޅުމަށް ފޮނުވަން ޖުޑިޝަރީ ކޮމިޓީން މިރޭ ފާސްކޮށްފިއެވެ. އެ ބިލު ދިރާސާކުރުމަށް ފަހު، އަލުން ތަޅުމަށް ފޮނުވަން ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވި ހަ މެންބަރުންގެ އިއްތިފާގުންނެވެ. މިރޭ އެ ކޮމިޓީން އަލުން ތަޅުމަށް ފޮނުވަން ބިލު ފާސްކުރީ، ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް 70 މެންބަރުން މިއަދުގެ މަޖިލީހުގައި ވޯޓުދިނުމުން، މިރޭ ބިލަށް އިސްލާހުތަކެއް ގެނައުމަށްފަހުގައެވެ. https://sun.mv/206015 މިރޭ ކޮމިޓީގައި ވަނީ، އެ ބިލުގެ 15 ވަނަ މާއްދާ އުނިކޮށް، ފަސް މާއްދާއެއްގެ އަކުރުތައް އިސްލާހު ކުރުމަށް ހުށަހަޅާފައެވެ. އެގޮތުން، އިސްލާހު ކުރަން ހުށަހެޅި މާއްދާތަކުގައި ވަނީ: ފަސްވަނަ މާއްދާގެ ށ. ބަންޑާރަ ނައިބާ ޑެޕިއުޓީ އެޓާނީ ޖެނެރަލާ ސެކެޓްރީ ޖެނެރަލާ މުވައްޒަފުން ހިމެނޭ ގޮތަށް އޭޖީ އޮފީހުގެ މަގާމުތައް ތަރުތީބެވެފައިވާ ގޮތުގެ އޮނިގަނޑު ކަނޑައަޅާނީ ބަންޑާރަ ނައިބު ކަމަށް އިސްލާހު ކުރުމަށް ފަސްވަނަ މާއްދާގެ ނ. މާއްދާގެ ށ. ގައި ބަޔާންކުރާ އޮނިގަނޑުގައި ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުންގެ މަގާމުތަކާ މަގާމުތަކުގެ އަދަދާއި ގިންތިއާ ޝަރުތުތައް ބަޔާންކުރަންވާނެ. އެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގެ ތެރެއިން އޭޖީ އޮފީހުގެ މަގާމުތަކަށް މީހުން އައްޔަނުކޮށް ވަކިކުރާނީ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް. ބިލުގެ 14 ވަނަ މާއްދާގެ ހ. ބަންޑާރަ ނައިބުގެ މަސްއޫލިއްްޔަތުތައް އަދާކުރުމަށް އެހީތެރިވުމަށް ޑެޕިއުޓީ އެޓާނީ ޖެނެރަލެއް ހުންނަންވާނެ ކަމަށް އިސްލާހު ކުރުން ބަންޑާރަ ނައިބުގެ ލަފާގެ މަތިން ޑެޕިއުޓީ އެޓާނީ ޖެނެރަލް އައްޔަނުކޮށް ވަކިކުރާނީ ރައީސް ކަމަށް 14 ވަނަ މާއްދާގެ ށ. އިސްލާހު ކުރުން ނ. ޑެޕިއުޓީ ޖެނެރަލްގެ ހުންނަން ޖެހޭ ޝަރުތުތައް: ގާނޫނީ ދާއިރާއިން ފުރަމތަމަ ޑިގްރީ ހާސިލުކޮށް މާސްޓާސް ޑިގްރީ ހާސިލުކޮށް، ގާނޫނީ ދާއިރާގައި މަދުވެގެން ދިހަ އަހަރުގެ ތަޖުރިބާ ލިބިފައި ވުން. އަދި، އެމަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ ސިޓީއަކުން ރައީސަށް ހުށަހަޅައި އެސިޓީ ލިބުމުން މަގާމުން ވަކިވި 23. ވަނަ މާއްދާގެ ނ. މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު މާއްދާގެ ހ.ގެ ދަށުން ހަދާ ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާ ބެހޭ ގަވައިދު ގާނޫނުގެ 17ވަނަ މާއްދާގައި ބަޔާންކުރާ ސެކެޓްރީޖެނެރަލާ ގާނޫނުގެ 19 މާއްދާގެ ހ. އަދި ށ.ގައި ބަޔާންކުރާ ލީގަލް ސާވިސާއި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ގިންތީގެ މަގާމުތަކަށް އައްޔަނުކުރެވޭ އެންމެހާ ފަރާތްތަކުގެ މައްޗަށް ހިނގާނެ ކަމަށް ބިލުގެ ހ. އަދި ށ.ގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ އިތުރުން އޭޖީ އޮފީހުގައި 20 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފަކަށް ވުމާއެކު، އޭޖީ އޮފީހުގައި ދިހަ އަހަރު ޚިދުމަތް ކުރުމާއެކު ދައުލަތުގެ އެހެން އިދާރާއެއްގެ ވަޒީފާގައި ޚިދުމަތްކުރި މުއްދަތު ޖުމުލަ 20 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފަކު މިގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ރިޓަޔާމަންޓުގެ ގަވައިދުގެ ބަޔާންކުރާ ޚިދުމަތުން މުސްކުޅި ކުރުމުގެ އިނާޔަތާއެކު ވަޒީފާއިން މުސްކުޅި ކުރެވިދާނެ ކަމަށް 27ވަނަ މާއްދާގެ ނ. އިސްލާހުކުރުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ކަމަށްބުނެފައިވަނީ ސެކެޓްރީ ޖެނެރަލާ ގާނޫނުގެ 17 މާއްދާއާއި 19ވަނަ މާއްދާގެ ހ.އަދި ށ.ގައި ބަޔާންކުރާ ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސްތަކަށް އައްޔަނުކުރެވޭ ފަރާތްތަކަށް ކަމަށް 34ވަނަ މާއްދާގެ ބ. އިސްލާހު ކުރުމަށް ފާހަގަކޮށްލެވޭ ގޮތުގައި، ބިލުގެ 14ވަނަ މާއްދާގައި ކުރިން ބުނެފައި އޮތީ ޑެޕިއުޓީ އޭޖީގެ މަގާމަށް މީހަކު އައްޔަނުކޮށް، ވަކިކުރާނީ ރައީސްގެ ލަފާގެ މަތިން ބަންޑާރަ ނައިބު ކަމަށެވެ. ނަމަވެސް، އެ މާއްދާ މިރޭ އިސްލާހުކޮށްފައި ވަނީ، ބަންޑާރަ ނައިބުގެ ލަފާގެ މަތިން ޑެޕިއުޓީ އޭޖީ އައްޔަނުކޮށް، ވަކި ކުރާނީ ރައީސް ކަމަށެވެ. ބިލުގައި އޮތީ ކީކޭ؟ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންޑާރަނައިބުގެ މަގާމަށް އައްޔަނުކުރެވޭ ފަރާތެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި، ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަނައިބު ތަބާވާންޖެހޭ ހަމަތައް ކަނޑައެޅުމެވެ. އަދި ބަންޑާރަނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކުރުމަށް އެ ބިލުގައި ވަނީ ހިމަނާފައެވެ. އޭގެތެރޭގައި އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުން ހިމެނެއެވެ. މިހާރު ބަންޑާރަނައިބުގެ އޮފީހަކީ ސިވިލް ސާވިސްގެ ދަށުން ހިންގާ އޮފީހެކެވެ. ބަންޑާރަ ނައިބުގެ އޮފީސް، ސިވިލް ސާވިސްއިން ވަކިކުރަނީއިތުރަށް ވިދާޅުވުމަށްމި ބިލުގައި ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ގާނޫނީ ބާރުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އެނާ ތަބާވާނީ ހަމައެކަނި ގާނޫނުއަސާސީއަށާއި ގާނޫނަށް ކަމަށް ބަޔާންކޮށްފައިވެއެވެ. އެއިން ކަމެއްގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް އޭނާގެ މައްޗަށް ނުހިންގޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. މީގެއިތުރުން، ބިލުގައިވާގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ވަނީ ދެބަޔަކަށް ބަހާލާފައެވެ. އެއީ ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސް، މި ދެ ބައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ