ސަރުކާރުގެ އެކި އިދާރާތަކަށް އައްޔަން ކުރާ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި ގާބިލްކަން އިތުރު ކުރުމަށް، ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
ވީ ކިިހިނެއް؟- ރައީސް އޮފީހުން ބުނިގޮތުގައި މިއީ، 'އެގެޒެކެޓިވް ޑިވެލޮޕްމެންޓް ޕްރޮގްރާމް' ނުވަތަ އީޕީޑީގެ ނަމުގައި އެ އޮފީހުން ހިންގާ ޕްރޮގްރާމެކެވެ.
ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް (ސީއެސްޓީއައި)ގެ އެހީގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މަގްސަދަކީ ރައީސް އޮފީހުން ބުނިގޮތުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ސިޔާސީ ގޮތުން އައްޔަން ކުރާ މީހުން ހިމެނޭ ގޮތަށް، ސަރުކާރުގެ އިސް ބޭފުޅުންގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމެވެ.
މި ޕްރޮގްރާމްގައި ކިޔައިދެނީ:
މެނޭޖްކުރުމުގެ ހުނަރު
އޮގަނައިޒޭޝަނަލް އިފެކްޓިވްނެސް
އެންމެ ރަނގަޅު އުސޫލުތައް
އެތެރޭގެ އެޖެންސީތަކުގެ ކޯޑިނޭޝަން
ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާއި މުއައްސަސާތަކުން ގިނަ ބަޔަކު ބައިވެރިވި މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ނަންގަވައިދެއްވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ)ގެ ރައީސް ހުސެން އަފީފެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ، ސެމިނާތަކައި ލެކްޗާތަކާއި ވޯކްޝޮޕްތަކުގެ އިތުރުން ތަޖުރިބާކާރުން ހިމެނޭ މަޝްވަރާ ބައްދަލުވުންތައް ހިމެނޭ ގޮތަށެވެ.
ސިޔާސީ މުވައްޒަފުންގެ ގާބިލްކަން އިތުރުކުރަން ޕްރޮގްރާމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ