އާ ކޮވިޑް ވޭރިއަންޓުން ކަރުތެރެއަށް ރޭޒަރު ތިލައިން ވާ ފަދަ ތޫނު ތަދެއް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނެއްކާ ވެސް ކޮވިޑް 19 ގެ އާ ވޭރިއަންޓެއް ފެތުރެމުން އަންނައިރު، އެ ބަލި ޖެހުމުން ފެންނަ އެންމެ ފާހަގަކޮށްލެވޭ އަލާމާތަކީ ރޭޒަރު ތިލަ ޖެހުމުން ވާ ފަދަ ތޫނު ތަދެއް ކަރުތެރެއަށް އިހުސާސްވުން ކަމުގައި ކަމާބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. އާ ވޭރިއަންޓް ކަމަށްވާ NB.1.8.1. ނުވަތަ "ނިމްބަސް' ޖެހުމުން ކަރުތެރެއަށް ވަރަށް ބޮޑަށް ތަދުވެ، ރިއްސާނެއެވެ. އެ އަލާމާތް އިނގިރޭސިވިލާތާއި އިންޑިއާ އަދި އެހެނިހެން ގައުމުތަކުގެ ޑޮކްޓަރުންނަށްވެސް ދެނެގަނެފައިވާ ކަމަށް އެ ގައުމުތަކުގެ މީޑިއާތަކުން ބުނެއެވެ. ކޯވިޑް-19 ގެ އެހެން އަލާމާތްތަކުގެ ތެރޭގައި ހުމުގެ އަސަރު ހުރުން، ކެއްސުން، ނޭވާ ކުރުވުން، ރަހަ ނުވަތަ ވަހަށް އަސަރުކުރުން ހިމެނެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ނިމްބަސް ވެރިއަންޓާ މެދު ކަންބޮޑުވާން ޖެހޭ މާބޮޑު ސަބަބެއް ނެތެވެ. ނަމަވެސް އެ ވޭރިއަންޓާ ގުޅޭ ގޮތުން އެނގެން ޖެހޭ އިތުރު ކަންތައްތައް އެބަހުއްޓެވެ. މިދިޔަ މަހުގެ ފަހުކޮޅު ކޭސްތައް އިތުރުވެފައިވަނީ އިރުމަތީ މެޑިޓެރޭނިއަން، ދެކުނު އިރުމަތީ އޭޝިއާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދުތަކުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މެއި މަހުގެ 28 ވަނަ ދުވަހު ވަނީ ބުނެފައެވެ. އެމެރިކާގެ އެއާޕޯޓް ސްކްރީނިން އިން ބޮޑަށް ފާހަގަ ވަނީ އާ ވައްތަރު ވޭރިއަންޓު އެ ސަރަހައްދުތަކުން ކެލިފޯނިއާ، ވޮޝިންޓަން ސްޓޭޓް، ވާޖިނިއާ އަދި ނިއުޔޯކްގެ މަންޒިލްތަކަށް ދަތުރުކުރާ މީހުންގެ ފަރާތުން ކަމަށްވެސް އެސޯސިއޭޓް ޕްރެސްއިން ރިޕޯޓުކޮށްފައިވެއެވެ. މި ވައްތަރުގެ ވޭރިއަންޓުންވެސް ބަލި ވަނީ އާންމުކޮށް ކޮވިޑް 19 ގެ އެހެން ވޭރިއަންޓް ޖެހޭ މީހުންވެސް ބަލިވާ މިންވަރަށް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ، (ޑަބްލިޔުއެޗްއޯ) އިން ވާނީ ބުނެފައެވެ. އަދި މި އާ ވޭރިއަންޓުން ދިފާއު ވުމަށްވެސް ކޮވިޑް 19 އިން ދިފާއުވުމަށް ދޭ ވެކްސިން އެންމެ ރަގަޅުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ