ހުޅުމާލޭގައި ފޭސް ދޭއްގައި އަޅާ ތިން ބުރީގެ މިސްކިތް، އަންނަ މަހު ފަހުކޮޅު ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، ހިޔާ ޓަވަރުތައް ކައިރީގައި އަޅަނީ ދާއިމީ މިސްކިތެކެވެ.
ބުނީ ކީކޭ؟ - އެ ސަރަހައްދުގެ ދާއިމީ އެހެން ބައެއް މިސްކިތްތައް ވެސް މި އަހަރު ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަމާޒަކީ މި އަހަރުގެ ނިޔަލަށް ވަގުތީ ހުރިހާ މިސްކިތްތަކެއް ނިންމާލުން،" ޝަހީމް ވިދާޅުވި އެވެ.
އެނގުން މުހިންމު - ހުޅުމާލޭގައި އެންމެ ބޮޑު މިސްކިތެއްގެ ގޮތުގައި އަޅަނީ 2،000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިއީ ދީނީ އިލްމުވެރިޔާ އިސްމާއީލު މުހައްމަދު، މ. ތޮއިބާގެ ހަރަދުގައި އަޅާ މިސްކިތެކެވެ.
ހުޅުމާލޭ ހިޔާ ޓަވަރު ކައިރީގައި އަޅާ މިސްކިތް އަންނަ މަހު ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ