އުރީދޫން ރިސޯޓް މުވައްޒަފުންނަށް ހާއްސަ ގޭމިން މުބާރާތެއް ބާއްވަނީ

އުރީދޫ ނޭޝަންގެ އިންޓަ-ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އިއްޔެ ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - 'އިންޓަ-ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025' ބާއްވަނީ މި މަހު 27 އިން 30އަށެވެ.
ތަފްސީލް - ރިސޯޓް މުވައްޒަފުންނަށް ހާއްސަކޮށްފައިވާ މި މުބާރާތުގައި ދުނިޔޭގެ އެންމެ މަގުބޫލު ދެ މޮބައިލް ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)ގައި ވާދަކުރެވޭނެ އެވެ.
އޮންލައިންކޮށް ބާއްވާ މި މުބާރާތުގައި ޖުމްލަ 20،000ރ.ގެ އިނާމު ޕޫލެއް ހިމެނޭއިރު، ޕަބްޖީއަށް އަދި މޮބައިލް ލެޖެންޑްސްއަށް 10،000ރ. ވަނީ ކަނޑައަޅާފަ އެވެ. މި ޕްރައިޒް ޕޫލްގައި ހިމެނެނީ:
1 ވަނަ: 5،000ރ.
2 ވަނަ: 3،000ރ.
3 ވަނަ: 2،000ރ.
ރިސޯޓް ކޮމިއުނިޓީތަކުގެ މެދުގައި ވާދަވެރި ގޭމިންއަށް ޝައުގުވެރިކަން އިތުރުވަމުން އަންނައިރު، އިންޓަ-ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025ގެ އަމާޒަކީ މި މުބާރާތުގެ ތެރެއިން އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުން ކަމަށް އުރީދޫން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ