ފިޠުރު އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ އީދު ސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން ބާއްވާ 'އީދު ހަވީރު 1446'ގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ނިންމައިފި އެވެ.
ވީ ކިހިނެއް؟ - 'އީދު ހަވީރު 1446' އޮންނާނީ އީދު ދުވަހުގެ ހަވީރު 4 އިން 6އަށް، ސަލްޓަން ޕާކު، ޝަހީދުންގެ ބިނާ ސަރަހައްދު އަދި ޖުމްހޫރީ މައިދާނުގަ އެވެ.
ތަފްސީލް - އެމްއެންޑީއެފުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި:
އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުފަހަރުތަކަށް އަރައި އުޅަނދުތައް ދައްކާލުން؛ އެ އުޅަނދުތަކުގައި ފޮޓޯ ނެގުން
އެމްއެންޑީއެފުން ބޭނުންކުރާ ކުދި ރިބްސްތަކަށް އަރައި ދުއްވާލުމުގެ ފުރުސަތު
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ބޮޑެތި ވެހިކަލްތަކުގައި ފޮޓޯ ނެގުން
އަލިފާން ނިއްވާ މީހުން ބޭނުންކުރާ ޖެކެޓު އެޅުމުގެ ފުރުސަތު
އޮބްސްޓިކަލް ބެލްޓުގައި އެކިއެކި ތަފާތު އޮބްސްޓިކަލްތައް ހުރަސްކޮށް، ރެޕެލިން ޓަވަރަށް އަރައި ފޭބުން ފަދަ ކުޑަކުދިން ގަޔާވާނެ ހަރަކާތްތައް
ސައިލެންޓް ޑްރިލްގެ ހަރަކާތްތައް
ސަގާފީ ހަރަކާތްތައް
އެމްއެންޑީއެފް މެޑިކަލް ކޯގެ ފަރާތުން، މެނެކުއިން ބޭނުންކޮށްގެން ސީޕީއާރު ދިނުމުގެ ހަރަކާތްތައް
ކުޑަކުދިންނަށް ދިމާވާ އެކިއެކި ސިއްހީ މައްސަލަތައް ހައްލުކުރާނެ ގޮތުގެ މައުލޫމާތު ދިނުން
އެމްއެންޑީއެފުން ބޭނުންކުރާ ހަނގުރާމަމަތީ އާލާތްތަކާއި އުޅަނދުތަކާއި ހަތިޔާރުތައް އެ ސަރަހައްދުގައި ބަހައްޓައި ކުޑަކުދިންނަށް އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަަށް އެ ތަނުން ބުންޏެވެ.
މީގެ އިތުރުން، ކުޑަކުދިންގެ މެދުގައި މަގްބޫލު ގިލީ ސޫޓު އަދި ސްނައިޕަރުންނާ އެކު ފޮޓޯ ނެގުން ވެސް ކުރިއަށްގެންދާނެ އެވެ.
އެމްއެންޑީއެފުން އީދުގައި ގިނަ ހަރަކާތްތަކެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ