ސައިކަލު ދުއްވި މީހާގެ ވައަތު ކޮނޑުހުޅު ބިނދި، ކަނާއަތު ފައިތިލަމަތި މަށައިގެން ގޮސްފައިވެ އެވެ. މަގު ހުރަސްކުރި އަންހެން މީހާގެ ވައަތު އުޅަނބޮށި މަށައިގެން ގޮސްފައިވާއިރު، ކުޑަކުއްޖާގެ ބޯ ވަނީ ދުޅަވެފަ އެވެ.
ހުޅުމާލޭ ނިރޮޅުމަގުން ކުޑަކުއްޖާކު އުރައިގެން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 9:23 ހާއިރު ހިނގި މި އެކްސިޑެންޓްގައި އަންހެން މީހާ އާއި ކުޑަކުއްޖާގެ އިތުރުން ސައިކަލު ދުއްވަން އިން މީހާއަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.އެގޮތުން، ސައިކަލު ދުއްވި މީހާގެ ވައަތު ކޮނޑުހުޅު ބިނދި، ކަނާއަތު ފައިތިލަމަތި މަށައިގެން ގޮސްފައިވެ އެވެ. މަގު ހުރަސްކުރި އަންހެން މީހާގެ ވައަތު އުޅަނބޮށި މަށައިގެން ގޮސްފައިވާއިރު، ކުޑަކުއްޖާގެ ބޯ ވަނީ ދުޅަވެފަ އެވެ.އުމުރުން އެއް އަހަރާއި 18 މަހުގެ އެ ކުއްޖާއާއި އަންހެން މީހާ އަދި ސައިކަލު ދުއްވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މި އެކްސިޑެންޓް ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާ މަގު ހުރަސް ކުރަމުން ދިޔައީ ޒިބްރާކްރޮސް މަތިންނެއް ނޫނެވެ. ސައިކަލު ގޮސް ޖެހުނީ ކޮންޓްރޯލް ނުވުމުގެ ސަބަބުންނެވެ. ސައިކަލު ޖެހުނު ވަގުތު އަންހެން މީހާގެ އުރުގައި އިން ކުއްޖާ ވެސް ތާރުގަނޑު މައްޗަށް ވެއްޓި ބޯ ވަނީ ޖެހިފަ އެވެ. ފުލުހުން ބުނެފައި ވަނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކުޑަކުއްޖަކު އުރައިގެން ދިޔަ އަންހެނެއްގެ ގައިގައި ސަކަލަކުން ޖެހި އެކްސިޑެންޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ