މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އިން ވ އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. 
އެގޮތުން މެޓް އޮފީހުން ބުނެފައިވަނީ އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ އިރު، ވިލާގަޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމުގައެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވެގެން މާލޭގެ އިތުރުން އަތޮޅުތެރޭގެ 4 ރަށަކުން ރިޕޯޓުކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާމަކޮށްފައެވެ. 
Advertisement
އެ ރަށްތަކަކީ މާލޭގެ އިތުރުން ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ، ދ ކުޑަހުވަދޫއެވެ.މީގެ އިތުރުން މާލޭގައި ފެންބޮޑުވެ 144 ގެޔަކުން ރިޕޯޓުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ