މޫސުން ގޯސްވެ އޮރެންޖް އެލާޓް ނެރެފި!

ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެ މޫސުމާއި ބެހޭ އިދާރާ (މެޓް) އޮފީހުން ރާއްޖޭގެ ބައެއް ހިސާބުތަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން އޮރެންޖް އެލާޓް ނެރެފައިވަނީ ކ އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމައަށެވެ. އެ އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 3:15 އިން މިއަދު ހަވީރު 5:30 ށެވެ.
މިގޮތުން ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
Advertisement
މިހާރު ކުރަމުން ދާ ވިއްސާރައިގައި އެ އޮފީހުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ރީނދޫ އެލާޓް ވެސް ނެރެފައެވެ. އެ އޮފީހުން ބުނާ ގޮތުގައި ބޯކޮށް ވާރޭ ވެހި ގުގުރުމާއި އެކު ވައި 45 މޭލަށް ގަދަ ވާނެއެވެ. 
މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާއި ބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.
މެޓް އޮފީހުން ބުނީ މި ވިއްސާރައަކިީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އިރުވައި މޫސުން ފެށޭކޮޅު ޓްރާންސިޝަން ޕީރިއަޑްތެރޭ ކުރާ ވިއްސާރައެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ