ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓްރީ ކުރުން މެދުކަނޑާލައިފި

އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނާތީ، ބިދޭސީންގެ ނަމުގައި އުޅަނދު ރެޖިސްޓްރީ ކުރުމުގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު 'އެކްސް'ގައި ވިދާޅުވީ މި ބަދަލު ގެންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށެވެ.
ތަފްސީލް - އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭ ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވާ އެހެން އުޅަނދު ރާއްޖެ އެތެރެކުރުމުގެ ކުރިން އެ މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ.
ފާހަގަ ކުރެވޭ - މިހާރު އަމަލުކުރަމުންދާ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ބަދަލުގައި މުޅިން އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ