ފުރަތަމަ ކަމަކަށް މިބަސްތަކާއިމެދު ކޮންމެ މީހަކުވެސް ރަނގަޅަށް ވިސްނައިލާށެވެ!
--ތެދުވެރިން މަދުވެއްޖެއެވެ. ގިނައީ މަކަރުވެރިންނާ ދެމޫނުގެވެރިންނެވެ.
--ގިނަ މީހުން ޤަދަރުކުރަނީ ފައިސާއަށެވެ. މީހާއަކަށް ނޫނެވެ.
--އެންމެ ބޮޑަށް އަނިޔާއާއި ހިތްދަތިކަން ދޭނީ ތިމާ އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވާ މީހުންނެވެ.
--ބުއްދިވެރިން ބުނެފައި ހުންނަ ހެޔޮބަސްތައް ހަނދާންވެ އެބަސްތަކުގެ އަގުވަޒަންކުރެވެނީ ހިތްދަތިކަން ކުރިމަތިވުމުންނެވެ.
--ތަނަވަސްކަން ލިބުމުން ކެތްތެރިކަން ގެއްލި ކޮންމެ ކަމެއްވެސް ވަޤުތުން ޙާޞިލްކުރެވެން ބޭނުންވެއެވެ.
--ގިނަ މީހުން ސަމާލުކަންދެނީ ބޭރުފުށުގެ ސިފައަށެވެ. އެތެރެފުށުގެ ރީތިކަމަށް ބަލަނީ މަދުމީހެކެވެ.
--ފަޤީރުންގެ އެކުވެރިން ނެތިދާނެއެވެ. ތިބިނަމަ އެމީހުންވާނީ ޙަޤީޤީ ރަހްމަތްތެރިން ކަމުގައެވެ.
--އެންމެ މުހިންމު ކަމަކީ އިތުބާރެވެ! ގެއްލިއްޖެނަމަ އަނބުރައެއް ނުލިބޭނެއެވެ.
މިކަންކަމަކީ ތެދު ޙަޤީޤަތެވެ. ބުއްދިވެރިން ބުނެފައި ހުންނަ ބަސްތަކެވެ. އަމިއްލަ ދިރިއުޅުމުގައި އެކަންކަމަށް ސަމާލުކަންދޭށެވެ! އެއިރުން ހަރުދަނާ ދިރިއުޅުމެއް އުޅެން މަގުފަހިވެގެންދާނެއެވެ. ދިރިއުޅުން ދާނީ ކުރިއަރަމުންނެވެ. އިން ޝާ ﷲ
- އަލަފް / މިއަދުނޫސް
މިކަންކަން ޤަބޫލުކޮށްގެން ދިރިއުޅޭ މީހާގެ ކަންކަން ދާނީ ކުރިއަރަމުން! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ