ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، (ޕީއެންސީ)ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޕީއެންސީގެ ކެމްޕޭން މެނޭޖަރު އަދި އެ ޕާޓީގެ ޕާލިމަންޓްރީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި އެޕާޓީން ގިނަ އަދަދެއްގެ މީހުން ވާދަކުރާނެ ކަމަށް ލަފާކުރެވެއެވެ. މި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، 10 މަގާމަކަށް ކުރިމަތިލެވޭނެއެވެ.
ޕްރައިމަރީގައި ވާދަކުރެވޭނެ މަގާމުތަކަކީ:
ޕީއެންސީން ބުނީ މި މަގާމުތަކަށް ކުރިމަތިލެވޭނީ، ގާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މީހުންގެ ތެރެއިން ޕީއެންސީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ނުވަތަ ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށެވެ.
މީގެ އިތުރުން ކޮންމެ މަގާމަކަށް ކުރިމަތިލާ ފަރާތެއްވެސް ކަނޑައަޅާފައިވާ އަދަދަކަށް ޕާޓީއަށް މެންބަރުން އިތުރު ކުރަންޖެހޭނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
ފުވައްމުލައް ސިޓީގައިވެސް ސޯލާ ޕީވީ ސިސްޓަމް ބަހައްޓަނީ ބިދޭސީ އަންހެނުން ގެނެސް، ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި އަލިފާނުގެ ހާދިސާގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް! ސްރީލަންކާއަށް އެހީވުމަށް ޕީއެސްއެމް އިން 3 ލަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ