30 ގްރޫޕެއްގެ ހަވާލުގައި 4،300 އަށްވުރެ ގިނަ މީހުން ޖުލައި އުމްރާގައި

މިހާރު ހިނގަމުންދާ ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ހަތަރު ހާހަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ފުރާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކާ ހިއްސާކުރެއްވި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 17 ގައި ފެށި ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީގައި 30 ގްރޫޕެއްގެ ހަވާލުގައި ޖުމުލަ 4،364 މީހުން އުމްރާއަށް ފުރާފައިވެ އެވެ.
އޭގެ ތެރެއިން އެންމެ ގިނަ މީހުން އުމްރާއަށް ގޮސްފައިވަނީ އަލް މުސާފިރް ގްރޫޕުގެ ހަވާލުގައެވެ. އެ ގްރޫޕުގެ ހަވާލުގައި 1،004 މީހުން އުމްރާއަށް ގޮސްފައިވެ އެވެ.
ދެވަނައަށް އެންމެ ގިނަ މީހުން އުމްރާއަށް ގޮސްފައިވަނީ ސަރުކާރު ކުންފުނި، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. އެ ކުންފުނީގެ ހަވާލުގައި 640 މީހުން އުމްރާއަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ