ބުރިޖް އާއްމުކޮށް ހުޅުވާލަނީ މިއަދު ހަވީރު

ސިނަމާލެ ބްރިޖް އާއްމުކޮށް ހުޅުވާލުމަށް ނިންމާފައިވަނީ މިއަދު (ހުކުރު ދުވަހު) ހަވީރުކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ބްރިޖް އާއްމުކޮށް ހުޅުވާލުމަށް ނިންމާފައިވަނީ މާދަމާ ހަވީރު 4:00 ގައި ކަމުގައެވެ.September 7 vaa hukuru dhuvahu haveeru 4:00 gai Sinamale Bridge aammukoh dhathurufathurah hulhuvaaleveyne IA.— Dr.Mohamed Muizzu (@MMuizzu) September 6, 2018ބްރިޖް މާދަމާ އާއްމުކޮށް ހުޅުވާލާއިރު ބްރިޖުން ދަތުރު ކުރުމުގެ އަގުތައް އާއްމު ކުރުމަށް ނިންމާފައިވަނީ ރިޔާސީ އިންތިހާބަށް ފަހުގައެވެ.
މީގެ އިތުރުން ބްރިޖްގެ އަގުތައް އާއްމު ކުރެވެންދެން ބްރިޖުން ދަތުރު ކުރުމަށް އެއްވެސް ފީއެއް ނުނަގާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ